ޚަބަރު

ސަރުކާރު ބަންދު ވިޔަސް ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާތައް ބާއްވާނަން: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

ސަރުކާރު ބަންދުކުރި ނަމަވެސް ރައްޔިތުންގެ މަޖިލިސް ބާއްވަންޖެހޭ ހާލަތުގައި ބާއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިއަދުގެ ޖަލްސާ ފައްޓަވާ ދެއްވަމުން ނަޝީދު ވިދާޅުވީ، މަޖިލީހަށް ލިބިދާނެ ގެއްލުމަކަށް ސަލާމަތް ކުރުމަށް، މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމުގެ ބާރާއި އިހުތިޔާރު މަޖިލީހުގެ ގަވާއިދުގެ 247 ވަނަ މާއްދާއިން މަޖިލީހުގެ ރިޔާސަތަށް ލިބިދީފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ މަޖިލިސް ބަންދު ނުވާކަމަށާއި، އަދ މިބާވަތުގެ ހައްސާސް ވަގުތެއްގައި މަޖިލިސް ބަންދު ނުކުރެވޭނެ ކަމަށެވެ.

"މަޖިލީހުން ބަލަހައްޓާން ޖެހޭ ކަންކަން މަޖިލީހުން ބަލަހައްޓަމުން ގެންދާންޖެހޭނެ. އިންތިހާބު ފަސްކުރުމަށް ބޭނުންވާ ގާނޫނު، އެ އުފެދިގެން އައިސް އެ ގާނޫނުވެސް ފާސްވެ ނިމެންޖެހޭ. އަދި ކައުންސިލްގެ މުއްދަތު ޖޫން އަށްވުރެއް އިތުރަށް ދެމިގެން ދާކަމުގައި ވަނީނަމަ އެކަމަށްވެސް މިމަޖިލީހުން އެބަ ފަރުވާއެއް ހޯދަންޖެހޭ. އަދި އިނގިވަޑައިގަންނަވާނެ ރޯގާ އާއި ގުޅިގެން މި އެޅޭ އެކިއެކި ފިޔަވަޅުތަކާ އެކު ދެންދިމާވާ އަދި ދިމާވެދާނެ އެތައްކަމެއްގެ އަންދާޒާ އަޅުގަނޑުމެންގެ އަތުގައި އެބަ އޮންނަންޖެހޭ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސްޓާފުންނާއި، މަޖިލީހުގެ މަސައްކަތްތަކުގައި އުޅޭ ގިނަ ފަރާތްތައް މި މުއްދަތުގައި މަސައްކަތް ކުރާނީ ގޭގައި ކަމަށެވެ. އެއީ ޗުއްޓީއެއް ނޫންކަން ހަނދާންކޮށްދެއްވަމުން ނަޝީދު ވިދާޅުވީ، ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު މަޖިލީހުން ހަމަޖައްސައިދޭނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!