ކުޅިވަރު

މާލޭ ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މާލޭ އެކުވެނީ ދުވާ ޓްރެކް ، ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

Ads by Sosun Fihaara

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑާ (ޕޮލްކޯ) އާ އެވެ.

މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައ މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އަޙްމަދު މަޙްލޫފް ސޮއިކުރެއްވިއިރު ޕޮލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ޝަރީފްއެވެ.

މި އެއްބަސްވުމުގެ ދަށުން މަސައްކަތް ފަށާތާ 2 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 12،543،231.75 ރުފިޔާއެވެ

މިނިސްޓަރ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓު އަހްމަދު މަހްލޫފު ވަނީ މިކަން ހާމަ ކުރައްވަމުން އިންޑިއާގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިންޑިއާގެ ސަރުކާރުން މި ޕްރޮޖެކްޓަށް ވެދެއްވި މާލީ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމުގައެވެ. އަދި  9200 އަކަމީޓަރުގެ މި ސަރަހައްދުގެ މަސައްކަތް ނޮވެމްބަރު 11 އަށް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވެސް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!