ޚަބަރު

ދައުރުވަމުންދަނީ ''ފޭކް'' ލިސްޓެއް: އޭސީސީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގެދޮރުވެރިޔާ ސްކީމްގެ މައްސަލަ ބެލުމަށްފަހު އާންމުކޮށްފައިވާ ފްލެޓް ނުލިބޭ މީހުންގެ ލިސްޓެއް ކަމަށް ބުނެ ދައުރުކުރަމުން ދަނީ އޭސީސީގެ ލިސްޓެއް ނޫން ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

Ads by Sosun Fihaara

އޭސީސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި މިހާރު ދައުރުކުރަމުންގެންދާ ލިސްޓަކީ، އެ ކޮމިޝަނުގެ ލިސްޓެއް ނޫންކަން ކޮމިޝަނުން ބެލިބެލުމުންް އެނގިފައިވާ ކަމަށެވެ.

އަދި، އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން މި ކޮމިޝަނުން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ބުނެފައިވެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން މާލެ ސަރަހައްދުން ފްލެޓް ދޫކުރުމަށް އިއުލާނުކުރި "ގެދޮރުވެރިޔާ ސްކީމް" އާއި އެ ސަރަހައްދުން ގޯތި ދޫކުރުމަށް އިއުލާން ކުރެވުނު "ބިންވެރިޔާ ސްކީމް" އާއި ގުޅިގެން ސިޔާސީ ބޭނުމަށް ހަގީގަތާއި ހިލާފު ވާހަކަ ނުފެތުރުމަށް ހައުސިންގް މިނިސްޓްރީން ވެސް މިއަދު އެދިފައިވެއެވެ.

މީގެއިތުރުން އޭސީސީއިން ކުރާ އެއްވެސް މަސައްކަތަކަށް އެއްވެސް މީހެއްގެ ނުވަތަ ފަރާތެއްގެ ނުފޫޒެއް ނޯންނާނެކަމުގެ ޔަގީންކަން އެ ކޮމިޝަނުން ދީފައިވެއެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ދެ ސްކީމްއާ ގުޅިގެން އާންމުންގެ ހިތްތަކުގައި ބިރުވެރިކަމާއި، އެ މިނިސްޓްރީއާ މެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް މީސްމީޑިއާގައި ހަގީގަތާއި ހިލާފަ ވާހަކަ ފަތުރަމުންދާ ކަމަށެވެ.

ސަރުކާރުގެ ވިސްނުމަކީ އެ ދެ ސްކީމްގެ ދަށުން ވީހާވެސް ގިނަ ފަރާތްތަކަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށާއި، އުސޫލާއި ހިލާފަ އެއްވެސް ރައްޔިތަކު އެއިން ސްކީމެއްގެ ދަށުން ބާކީކޮށް ނުލާނެކަމުގެ ޔަގީންކަން މިނިސްޓްރީން ދީފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!