ޚަބަރު

ގޭގައި ނަމާދުކުރުމަށް ގޮވާލާ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންގި ގޮވައިިފި

ދެން އެމްވީ ، ދެން އޮންލައިން

ގޭގައި ނަމާދު ކުރުމަށް ގޮވާލާ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންގި ގޮވައިފި އެވެ.

Ads by STELCO

ބަންގީގައި ގޭގައި ނަމާދު ކުރުމަށް ގޮވާލާފައިމިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން މިސްކިތްތަކަށް ނުދިއުމަށް އިލްތިމާސް ކުރުމާ ގުޅިގެންނެވެ. މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ މިއަދުގެ މެންދުރު ނަމާދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ އަސުރު ނަމާދާ ހަމައަށް މާލެ އާއި ރިސޯޓުތަކުގައިޖަމާއަތުގައި ނަމާދުކުރުމާއި ހުކުރުކުރުން މެދު ކަނޑަލާން އަންގާފައެވެ.

މިއަދު މެންދުރު ނަމާދަށް ގޮވި ބަންގިއަށް ހަ ކަލިމައެއް ވަނީ އިތުރުކޮށްފަ އެވެ. އަދި އިތުރުކުރި ކަލިމަތަކުގެ މާނަ ދިވެހިން ވެސް ގޮވި އެވެ.

އިތުރު ކުރި ބައިގައި ގޮވަނީ "ހުރިހާ އެންމެން ގޭގައި ނަމާދުކުރައްވާ!" މިގޮތަށެވެ.

ރާއްޖޭގެ އިތުރުން ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައިވާ ކުވެއިތު ފަދަ ގައުމުތަކުގައި ވެސް ބަންގި ގޮވަނީ ގޭގައި ނަމާދު ކުރުމަށް އެދެމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!