ޚަބަރު

ފުވައްމުލަށް އެއްކޮށް ޕީއެންސީއަށް: ރީނދޫ ކުލަ މުޅިން ފޮހެލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގެ އެންމެ ބޮޑު އެއް ސިޓީކަމަށްވާ ފުވައްމުލަކުގެ ހުރިހާ ގޮނޑިއެއްވެސް ޕީއެންސީން ކާމިޔާބު ކޮށްފިއެވެ.

Ads by STELCO

އެންމެ ފަހުގެ ނަތީޖާ ދައްކާގޮތުން ފުވައްމުލަކު އުތުރު ދާއިރާއަށް ދެ މެމްބަރުން ވާދަކުރެއްވިއިރު، އެ ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ހަމަދު އަބްދުﷲ އެވެ. ހަމަދު އާއި ވާދަކޮށްފައިވަނީ އަމިއްލަ ގޮތުން ކުރިމަތިލީ ކެނޑިޑޭޓް މުހައްމަދު ޝަރަފުއްދީންއެވެ.

އެ ސިޓީގެ މެދު ދާއިރާއަށް ޖުމުލަ ހަތަރު ކެނޑިޑޭޓުން ކުރިމަތިލައިފައިވެއެވެ. އެ ދާއިރާ ކާމިޔާބު ކޮށްފައިވަނީ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ ފަޒާދުއެވެ. މީގެއިތުރުން ފުވައްމުލަކު ދެކުނު ދާއިރާއިން ވާދަކުރި ތިން މެންބަރުންގެ ތެރެއިން އެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އިބްރާހިމް ހުސެއިންއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން ޕީއެންސީން މިހާތަނަށް 50އަށްވުރެ ގޮނޑި ވަނީ ކާމިޔާބު ކޮށްފައެވެ. މަޖިލީހުގެ މެޖޯރިޓީ އަކީ ދެބައި ކުޅަ އެއްބައި ކަމަށްވާ 47 ގޮނޑިއެވެ. ސުޕަ މެޖޯރިޓީ އަކީ މަޖިލީހުގެ ހަތަރުބައިކުޅަ ތިން ބައި ކަމަށްވާ 70 ގޮނޑިއެވެ.

  1. ޔާލް

    ސުޕަރ މެޖޯރިޓީ ލިބޭނެއްނު ގިނައިން ލާރި އެޅި ބަޔަކަށް.. އިންޓެގްރިޓީ އެއީ މިހާރު އޮންނަ އެއްޗެއްތަ؟ އޮޑި ދުވާނީ ވައިޖެހޭ ކޮޅަކަށް..

    • ލާރި

      ތީގެން އިނގެނީ ރައްޔިތުން ވިކިފަ ތިބި ވަރު .. ދެން ބާރަށް އަތް ޖަހާ……

    • އޮޑި

      މިހާރަކު އޮޑިއެއް ނުދުއްވާނެ ވައިޖެހޭ ކޮޅަކަށް.މޮޔަވާހަކަނުދައްކާ ހަޖަމު ކޮށްލާގެން ހުރެވޭތޯބަލާބަލަ،ލިބުނު ދެރަޔާގެން