ޚަބަރު

ޕީއެންސީއަށް 70 ގޮނޑި، ސަރުކާރަށް ތާއީދު ކުރާ 75 މެންބަރުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މަޖިލީސް އިންތިހާބުގެ ކެމްޕޭނު ނިންމަން ބޭއްވި ހަރަކާތުގެ ތެރެއިން

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމް މަޖިލީހުގެ 70 ގޮނޑި ކާމިޔާބުކޮށްފިއެވެ.

Ads by Hajj Corporation

މިއީ މި ފަހުގެ ތާރީހުގައި އެއް ޕާޓީއަކަށް މިހާ ގިނަ އަދަދެެއްގެ ގޮނޑި ލިބުނު ފުރަތަމަ ފަހަރެެވެ. މީގެ ކުރިން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީއަށްވެސް ހޯދުނީ 65 ގޮނޑިއެވެ.

ސަރުކާރު ތަމްސީލުކުރާ ޕާޓީއަށް 70 ގޮނޑި ކާމިޔާބުކުރިއިރު ސަރުކާރަށް ތާއިދުކުރާ ފަސް ކެންޑިޑޭޓަކުވެސް ވަނީ އިންތިހާބު ކާމިޔާބު ކޮށްފައެވެ.

އެއީ މާމިގިލި ދާއިރާ ކާމިޔާބު ކުރެެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި މީދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަހުމަދު ސިޔާމް، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީގެ ލީޑަރު ކާނަލް ނާޒިމް ހިމެނިވަަޑައިގަންނަވައެވެ. އެމްޑީއޭގެ ޓިކެޓުގައި ވާދަކުރި މުހައްމަދު އައްބަސް ވެސް ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ. އަމިއްލަ ގޮތުން މައްޗަންގޮޅި މެދު ދާއިރާ އަށް ވާދަކޮށް މަޖިލީހަށް އިންތިހާބުވި މެންބަރު އަހްމަދު ޒަމީރު އަކީވެސް ސަރުކާރަށް ތާއިދުކުރާ ކެންޑިޑޭޓެކެވެ.

ނަތިއްޖާ ދައްކާ ގޮތުން އާބާދީ ބޮޑެތި ހުރިހާ ސިޓީއަކުން ޕީއެންސީން ވަނީ މެޖޯރިޓީ ހޯދާފައެވެ. މީގެ ކުރިން އެމްޑީޕީއަށް ޔަގީން ގިނަ ގޮނޑިތަކެއްވެސް ވަނީ ޕީއެންސީ ކޮޅަށް އެނބުރިފައެވެ. މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީ ތަމްސީލުކުރަމުން އައި ގިނަ މެންބަރުންނަށްވެސް މި ފަހަރު އިންތިހާބުގައި ކުރިމަތިލާން ޖެހުނީ ބޮޑު ނާކާމިޔާބީއަކާއެވެ.

  1. އޮޅާލާ

    ކޮން ހުތޫރަތްތެރި ކަމެއްތޭ ގާސިމް ސަރުކާރަށް މަޖްލީހުގެ ކެމްޕެއިނަށް ދިން 25 މިލިއަން ޑޮލަރުގެ ވާހަކަ އެއީ ދޯ ހުތޫރަތްތެރި ކަމަކީ ދެން ސަން ސިޔާމް އަތުން 100 މިލިއަން ރުފިޔާ ދަރަންޏަށް ނެގުން އެއީދޯ ހުތޫރަތްތެރި ކަމަކީ ދެން ޗަންޕާ އަތުން 20 މިލިއަން ޑޮލަރު ކެމްޕެއިނަށް ލޯންގެ ގޮތުގައި ނެގުން އެއީދޯ ހުތޫރަތް ތެރިކަމަކީ ތަމެންނަށް ތިޔާ ކަން ދައްކާދޭނަމޭ މަމެން އަންނަ ކައުންސިލް އިންތިޚާބުގައި ތަމެން ހުތޫރަތްތެރިކަން އޮޅާލަބަލަ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ