ޚަބަރު

ކާމިޔާބީ ފާހަގަ ކުރަން ލާމު އަތޮޅުގެ 8 ރަށެއްގައި ހަވާ އަރުވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ލާމު އަތޮޅުން ލިބުނު ތާއީދާއެކު އެކަމުގެ އުފާ ފާޅު ކުރަން ލ. އަތޮޅުގެ 8 ރަށެއްގައި ހަވާ އަރުވާނެކަމަށް ޓުއަރިޒަމް މިނިސްޓަރ އިބްެރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އިއްޔެ ބޭއްވި މަޖިލީހުގެ އިންތިޚާބުގައި އަތޮޅުގެ ހަތަރު ދާއިރާގެ ތެރެއިން ތިން ދާއިރާއެއް ސަރުކާރުގެ މައި ޕާޓީ ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ. އެއީ އިސްދޫ, ގަން އަދި ފޮނަދޫ ދާއިރާއެވެ. މާވަށު ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީއިންނެވެ.

މިއަދު "ދެން"އާ ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ އިންތިޚާބުުން ލިބުނު ނަތީޖާއަކީ ސަރުކާރަށް ރައްޔިތުން ކުރާ ތާއީދު ހާމަވެގެން ދިޔަ ކަމެއް ކަމަށެވެ. އަދި ޕީއެންސީއަށް ރައްޔިތުން ކުރެއްވި ތާއީދަށް ޝުކުރު ދެންނެވިއެވެ.

ފައިސަލް ވިދާޅުވީ ލާމު އަތޮޅުން މަޖިލިސް ގޮނޑި ކާމިޔާބުކުރެވުނު 3 ދާއިރާގެ ހުރިހާ ރަށެއްގައި އުފާ ފާޅު ކުރުމުގެ ގޮތުން ހަވާ އަރުވާނެއެވެ. އެއީ އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުނޑޫ، ގަން، ފޮނަދޫ އަދި މާމެންދުއެވެ.

ފައިސަލް ވިދާޅުވީ, ރަށްރަށުގައި ހަވާ އަރުވާނެ ތާރީޚެއް އަދި ކަނޑަނާޅާ ކަމަށާއި މިހާރު އެކަމުގެ މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ. މި ހަފްތާ ބަންދުގައި ކާމިޔާބީ ފާހަގަ ކުރަން އިތުރު ހަރަކާތްތަކެއް ވެސް ދަނީ ރާވަމުންނެވެ.

ޕީއެންސީއަށް މި އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަ ކުރަން މިރޭ މާލޭގައި ވެސް ހަވާ އަރުވާނެއެވެ. މާލޭގައި ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ފަސް މިނެޓަށެވެ.

  1. ވަގުންނޭ

    ގަމާރު ބީތާ އެއް ހިއްސު މަދު ދަކިއްލި ތަޅާ ކިޔަވައިގެން ތިބި ދިވެހިންގަނޑު ޓްވިޓަރ އަށް އަރާ ޗެޓްޖީޕީޓީ އިން އިނގިރޭސި ލިޔެގެން ބްރޯކެން އިންގްލިޝް އިން ވާހަކަ ދައްކާ އަދި އެމްޑީޕީ އިސްތިއުފާ އަށް ގޮވާނީ އެ ބަތާހަރާމީން ތައް މިންވަރަށް އީމާން ނުވާތީއޭ އެހެންނޫންތޭ ވާނީ ކިޔެވުމުގައި ވެސް ހެދީ މަކަރާއި ހީލަތް ވިއްޔާދޯ އޮޓޯ ޕްރޮމޯޝަން ގައި އޯލެވެލް އާއި ހަމައަށް ކިޔެވޭތީވެ އެބަގަ ގްރޭޑް 10 އާއި ހަމައަށް އައީ މެރިޓް ބޭސްޑް އުސޫލުން ޓެސްޓް ހެދިނަމަ އެބަގަ ތައް ގްރޭޑް 7 އިން ޖެހޭނީ ގެއަށް ކަނޑާލާށޭ ދެން މިވަރުގެ ބަގަތައް ބުނެގެން އެމްޑީޕީ ބޮޑުންތައް ނުޖެހޭނެއޭ އިސްތިއުފާ ދޭން ތަމެން އަމާގާތު އަހާބަލަ ތަމެން އަމާ ނުވަތަ ބަފާ ތަމެންނަށް ކިޔަވާ ނުދީ މީހުންނާއި އިންނަމުން ދުވުމުން އޭނާ އަމާ ނުވަތަ ބަފާ ގާތު ބުނަންވީ ނޫންތޭ އެމެން އަމާ ނުވަތަ ބަފާގެ މަގާމުން އިސްތިއުފާ ދޭށޭ ގަމާރުންނޭ ބީތާއިންނޭ ތަމެން މަހަށްދޭބަލަ މަހަށް މަހަށް މަހަށް މަހަށް މަހަށް ދޭބަލަ އެއް ހިއްސު މަދު ގަމާރު ބީތާއިންނޭ…

  2. ޙަސަނުބެެްޔ@

    ހަވާލުވިއިރު ބަނގުރޫޓުކޮއްލާފައޮތް ރާއްޖެއެއް ގެ ބައިތުލްމާލުން ތިހުރިހާ އިސްރާފަށް ފައިސާ ހޯދީކިހިނެއްބާ. ދިވެހިންގެ ރާއްޖެއޭ ބުނާއިރު ހީވަނީ މިމީހުނަށް ވޯޓުނުދޭ މީހުނަކީ ބަނީއިސްރާއީލަށް ނިސްބަތްވާ ބައެއްހެން. ރިޔާސީ ނިޒާމެއްގަ 66 ގޮނޑި ސަރުކާރަށް ލިބުމަކީ ކަރަޕުޝަނާ ފަސާދައަށް ގައުމު ވެއްޓިފައޮތް މިންވަރު ފެނިގެންދާ އިޑިކޭޓަރ އެއް. ކަރުނައަޅާ ރޯންވީ. ކުރިއަށްއޮތީ ދޮގުފަޅާއެރުމް ރައްޔަތުންގެ ނުރުހުން އަމާޒުވުމުގެ ފެށުން

    • ހެޔޮ

      ކުރީގެ ސަރުކާރަށް ލިބުނު ސުޕަ މެޖޯރިޓީއަކީވެސް ތިބުނާ ކޮރަޕްސަން�

  3. ތިބޭތި

    އެމްޑީޕީ ސުޕަރ މެޖޯރިޓީ ބިމާއި ހަމަނުވާނެއޭ އެއީ ވާނެ ކަމެއް ނޫނޭ ކާމިޔާބީ އަކީ ތެދުވެރިކަމާއި އެކު ހެޔޮ ނިޔަތުން މަސައްކަތް ކުރާ ބަޔަކަށް ދެއްވާ އެއްޗެކޭ ޔަގީނުން ވެސް އިނގޭ އެއްޗަކީ މުއިއްޒުގެ ވެރިކަން ފެށުނީ ވެސް ވަރަށް ބޮޑެތި މަކަރާއި ހީލަތުގެ ތެރޭން ކަން ދެން އޭނާގެ ވެރިކަމުގެ މެދު ތެރޭން އޭގެ އަނެއް ކޮޅު ދައްކުވާނެއޭ އެއިރުން އޭނާ އަށް ވެސް އަދި 72 މެމްބަރުންނަށް ވެސް ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ ނުބައިން ފެށުނީ ނިމޭނީ ނުބައިން މީ ދުނިޔެ ދެކެފައިވާ ތަޖްރިބާ އަކީ އެެމެރިކާގެ ނިމުން އެއަންނަނީ އެމެރިކާ މަރުފަލި ޖެހިނަމަވެސް ދެން އެކަމެއް ނުހުއްޓުވޭނެއޭ އިޒްރޭލުގެ ނިމުން އަންނަނީ އިސްލާމުން މޮޅުވުމުގެ ކޮޅުމަތި ފެންނަނީ ދެން ޔޫރަޕް ވެސް އެމެރިކާ ވެސް ގަޔަށް ސީލައްވާނެއޭ މުސްލިމުން އެކަން ފެންނާނެ މި 5 އަހަރު ބަލަން ތިބޭ ބަޔަކަށް ފެންނާނެއޭ މަމެންގެ ރަމަލު ތައް ދައްކާ ގޮތުން މުއިއްޒުގެ ވެރިކަން ކާމިޔާބު ނުވާނެއޭ ހަމަވާނީ ފެއިލް ބަލަން ތިބޭތި މިނޫން ގޮތެއް ވޭތޯ….

  4. ޔަގީނޭ

    އެމްޑީޕީ އަށް މިފަހަރު ކުރިމަތިވާނެ ވަރަށް ބޮޑެތި އިމްތިޚާން ތަކާއި އެއިން ފާސްވާން ޖެހޭނީ އެމްޑީޕީ އެމްޑީީޕީއަށް ފުރަތަމަ ކުރިއަށް އޮތް 3 އަހަރު ކުރިމަތިވާނީ މުޅިން ވެސް ބައުންސްބެކް ވޭވްސް އެއީ އެމެން ވެރިކަމުގައި ދޮގު ހެކި އުފައްދައިގެންނާއި އަދި މަޖްލީސް އިންތިޚާބު ކާމިޔާބު ކުރަން ރައީސް ޔާންޓޭ ޖަލަށް ގަޅާލާ 555 މޯބައިލް ގައި ލިޔެގެން އުޅުނު ކަންކަމުގެ ހިތި ނަތީޖާ ފުރަތަމަ ކުރިމަތިވާނީ މިއިމްތިޚާން ވަރަށް ހިތިވާނެއޭ އެއިން އެމްޑީޕީ ޖެހޭނީ ފާސްވާށޭ ފާސްވާން މަސައްްކަތް ނުކޮށްފިނަމަ މިހާރު ޖޭޕީ އޮތް ހާލަތަށް އެމްޑީޕީ ދާނެއޭ އެއީ ޔަގީން ކަމެކޭ…