ޚަބަރު

މާލޭގައި މިރޭ ހަވާ އަރުވަނީ ފަސް މިނެޓަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންގެ މަަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ ބާއްވާ ހަރަކާތުގައި ފަސް މިނެޓަށް ހަވާ އަރުވަން ނިންމައިފިއެވެ.

Ads by STELCO

ރާއްޖޭގައި ހަވާ އެރުވުމުގެ ހުއްދަ އޮންނަ އެމްއެންޑީއެފް އިން މިއަދު ބުނީ ވިޔަފާރި އުސޫލުން އަމިއްލަ ފަރާތްތަކުން އެދުމުން މިރޭ ފަސް މިނެޓަށް ހަވާ އަރުވާނެ ކަމަށެވެ.

މިރޭގެ އިވެންޓް ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ބައިވެެރިވެވަޑައިގަންނަވާނެ އެވެ.

ކޮންގްރެސް ޕާޓީން ބުނީ މިއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ދިވެހި ރައްޔިތުންނަށް މަރުހަބާއާ ޝުކުރު ދެންނެވުމުގެ ހާއްސަ ބައްދަލުކުރެއްވުމެއް ކަމަށެވެ. މިރޭގެ އިވެންޓްގައި ރައީސް ވާހަކަފުޅު ދައްކަވާނެއެވެ.

އިއްޔެގެ އިންތިހާބުގައި ސަރުކާރު ހިންގާ ކޯލިޝަނަށް ވަނީ ސުޕަ މެޖޯރިޓީ ލިބިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!