ދުނިޔެ

މިވަރުގެ ބޮޑު ވޭނަކާ އަދި ދުވަހަކުވެސް ކުރިމައްޗެއް ނުވޭ: ކޮވިޑް- 19 ޖެހުނު އަންހެނެއް!

ދެން އެމްވީ ، ދެން އޮންލައިން

މިއީ އެމެރިކާގެ ރައްޔިތެއް ކަމަށްވާ އޭމީ ޑްރިޝޯލް ގެ ވާހަކައެވެ.

Ads by Sosun Fihaara

މިހާރު ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 އަށް ފައްސިވެފައިވާ އޭމީ، އޭނާގެވާހަކަ މީޑިއާއާއި ހިއްސާ ކުރަމުން ބުނީ، މިއީ އޭނާގެ ދިރިއުޅުމުގައި އަދި މިހާތަނަށް ކުރިމަތިނުވާފަދަ ބޮޑުވޭނެއް ކަމަށެވެ.

އޭމީ ބުނިގޮތުގައި، ކޯވިޑް-19 ޚަބަރުތައް އެންމެފުރަތަމަ އިވުނު ދުވަހުން ފެށިގެންވެސް އޭނާ ގެންދިޔައީ ސިއްޙީ މާހިރުން ދެމުންދިޔަ އިރުޝާދުތަކަށް ބޯލަނބަމުން ކަމަށެވެ. އެގޮތުން ގިނަގިނައިންއަތް ދޮވުމާއި، ސެނިޓައިޒާ ބޭނުން ކުރުމުގެ އިތުރުން މޫނުގައި އަތް ނުލުމަށް ވެސް ޚާއްސަ ސަމާލުކަމެއް ދީގެން އުޅުންކަމަށް އޭމީ ބުންޏެވެ.

އެހެންކަމުން ކޯވިޑް-19 އަށް ފައްސިވެއްޖެކަން އެނގުމުން، އޭނާ ހުރީ އެކަން ޤަބޫލުކުރަންވެސް ދަތިވެފައި ކަމަށް އޭމީ ބުންޏެވެ.

"އެއީ މިދިޔަ ބުދަ ދުވަހު، އަހަރެން ހުރީ އަހަރެން މަސައްކަތްކުރާ އިންޝުއަރެންސް ކޮމްޕެނީގައި ، އެތަނުގައި ހުއްޓާ ގާތްގަނޑަކަށް 3 ޖަހާކަން ހާއިރު އަހަރެން ވަރަށް ބޮޑަށް ވަރުބަލިވާން ފެށީ. ގެއަށް ގޮސް ހުންހުރިތޯ ބެލިއިރު 99.2 ޑިގްރީޒްގަ ހުރީމަ މޯޓްރިން ބޭސް ކައިގެން އަހަރެން އެދުވަހުނިދީ. އެރޭ ދަންވަރު 3 ޖަހާކަންހާއިރު އަހަންނަށް ހޭލެވުނީ ކެއްސާފަ ވަރަށް ބޮޑަށް މޭގަ ރިއްސާތީ. އަހަރެންގެ ތިމާގެ ކުއްޖަކަށާއި އަހޫޖާ މެޑިކަލް ސެންޓަރަށް ގުޅާފަ އަވަހަށް އެތަނަށް ދިޔައީ. އެންމެ ފުރަތަމަ ވެސް އަހަރެން ގެންގޮސް އެކަހެރިކުރި އަދި ޓެސްޓުތަކުގެ ނަތީޖާ ހުކުރު ދުވަހު ލިބުނުއިރު އެނގުނީ ކޯވިޑް-19 އަށް ޕޮޒިޓިވްކަން. ޤަބޫލު ނުކުރެވިގެން އަހަރެން އެހިން ހަމަ ޔަގީންތޯވެސް" އޭމީ ބުންޏެވެ.

ހަތަރު އަހަރު ދަރިއެއްގެ މަންމައެއް ކަމަށްވާ އުމުރުން 48 އަހަރުގެ އޭމީ ބުނިގޮތުގައި ކޯވިޑް-19 އަށް ފަރުވާ ދިނުމަށް އެވަގުތުން ފެށިގެން އޭނާއަށް އައިވީ އާއި، ތަދުތަކަށް ބޭހުގެ އިތުރުން އޮކްސިޖަން ވެސް ދިނެވެ. ދެ ދުވަސް ފަހުން އޭނާއަށް އެބަލިން ލުޔެއް ލިބެން ފެށިނަމަވެސް، އެދުވަސްކޮޅު އޭނާގެ މޭގައިވެސް ރިއްސި ރިއްސުމަކީ ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެފަދަ ވޭނެއް ކަމަށް އޭނާ ބުންޏެވެ.

"މިހާރު އަހަރެން މިހުރީ ގޭގަ. އެކަހެރިކޮށްފަ. މިބައްޔަކީ އަސްލުގަ ގިނަ ބަޔަކަށް މީގެ ސީރިއަސްކަމާއި ވޭން ނުވިސްނޭ ބައްޔެއް. ތިމާމެން ލޯބިވާ އެންމެންގެ ދިރިއުޅުންވެސް މިވަގުތު މިއޮތީ ރިސްކެއްގަ. އަހަންނަށް މިބަލި ޖެހުނު ގޮތެއް ނޭނގެ. އެކަމަކު ބަލި ޖެހުނީ ހަމަ ޔަގީނުން ވެސް ކޮންމެވެސް އެއްގޮތަކުން ފަރުވާ ކުޑަ ކުރެވިގެންކަން އެނގޭ" އޭމީ ބުންޏެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!