ޚަބަރު

އެޗްޑީއެފްސީގެ ލޯނުތައް މި މަހުން ފެށިގެން ދައްކަން ޖެހޭނެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ހައުސިން ޑިވަލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ލޯނުތަކަށް ދީފައިވާ މޮރިޓޯރިއަމް މުއްދަތު ހަމަވުމާއި ގުޅިގެން މިމަހުން ފެށިގެން ލޯނުތަކަށް ފައިސާ ދައްކަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

Ads by Sosun Fihaara

ކޮވިޑް-19އާ ގުޅިގެން އެ ކުންފުނިން ވަނީ ލޯނުތަކަށް ހަ މަސް ދުވަހުގެ މޮރިޓޯރިއަމް މުއްދަތެއް ދީފައެވެ. އަދި އެ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ. އެ މުއްދަތު ހަމަވުމާއެކު އެ ކުންފުނިން ވަނީ އިތުރު މުއްދަތެއް ނުދޭން ނިންމާފައެވެ. އަދި އެކަން އާންމުކޮށް ވަނީ އިއުލާން ވެސް ކޮށްފައެވެ.

މި ކުންފުންޏަކީ 2004 ވަނަ އަހަރު ގެދޮރު ހެދުމަށާއި އަދި ގަތުމަށް ލޯނު ދޫކުރުމަށް ސަރުކާރުން އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނިން ގިނަ ބަޔަކު ވަނީ ލޯންތައް ނަގާފައިކަން ފާހަގަ ކުރެވެއެވެ.

ކޮވިޑް-19ގެ ސަބަބުން އެތައް ބަޔަކަށް ވަޒީފާ ގެއްލި އެތައް ބަޔަކު ވަނީ ނޯޕޭގެ ހާލަތަށް ވެސް ގޮސްފައެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެސް ބޮޑު އަސަރެއް މިބަލިމަޑުކަމުގެ ސަބަބުން ކޮށްފައިވާއިރު ގިނަ ބައެއްގެ އާމްދަނީއަށް ވަނީ އަސަރު ކޮށްފައެވެެ. ކަން މިހެން ހުރުމުގެ ސަބަބުން ފައިނޭސިންގް ހިދުމަތް ދޭ ގިނަ ތަންތަނުން ވަނީ ލޯނުތައް ދެއްކުމަށް 6 މަސް ދުވަހުގެ މޮރިޓޯރިއަމް މުއްދަތެއް ދީފައެވެ. މީގެ ތެރެއިން ބީއެމްއެލް އަދި އެސްއެމްއީ އިން ވަނީ އަނެއްކާ ވެސް މުއްދަތު އިތުރުކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!