ޚަބަރު އިޖުތިމާޢީ

3 އަހަރުގެ މެދުކެނޑުމަކަށް ފަހު ވެކޭޝަން އެކްސްޕޯ ފަށައިފި

ފައިނާ ފާއިޒް ، ދެން އޮންލައިން
ވެކޭޝަން އެކްސްޕޯގެ ސްޓޯލެއް

ވެކޭޝަން އެކްސްޕޯ ގެ ފަސް ވަނަ އެޑިޝަން ފަށައިފިއެވެ.

Ads by MWSC

އެކްސްޕޯގެ މި އެޑިޝަން ފައްޓަވައިދެއްވީ އެމްއެމްޕީއާރްސީގެ ޗެއާޕާސަނެއް ކަމަށްވާ އައިޝާ ނުރައިން ޖަނާއެވެ.

ވެކޭޝަން އެކްސްޕޯ އަކީ ޗުއްޓީ ދުވަސް ވަރު ރާއްޖެ އަދި ރާއްޖެއިން ބޭރުގެ ގައުމުތަކުގެ ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން އެ މަންޒިލް ތަކާއި ގުޅޭ މައުލޫމާތުދިނުމަށް ބާއްވާ އެކްސްޕޯއެކެވެ.

މި އެކްސްޕޯ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އޭޕްރިލް 25، 26 އަދި 27 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި އެވެ.

އެންމެ ފުރަތަމަ ވެކޭޝަން އެކްސްޕޯ ބާއްވާފައިވަނީ 2016 ވަނަ އަހަރުއެވެ. ނަމަވެސް ކޮވިޑްއާއި ގުޅިގެން ތިން އަހަރަށް މެދު ކަނޑާލުމަށް ފަހު އަލުން މި އެކްސްޕޯ ކުރިއަށް ދާއިރު މިފަހަރު ބޭއްވިގެން މިދަނީ ކުރިއަށް ވުރެ މާ ފުޅަކޮށްކަމަށް ނޫރައިން ވިދާޅުވެފައިއެވެ.

އެގޮތުން މި އަހަރުގެ އެކްސްޕޯގައިވެސް ބައިނަލްއަގްވާމީ އެއަރލައިންތަކާއި، ޓްރެވެލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނާއި، ރިސޯޓްތަކާއި ގެސްޓްހައުސްތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އޭސް ޓްރެވެލްސް މޯލްޑިވްސްއެވެ. އަދި ކޯ ސްޕްންސަރުގެ ގޮތުގައި އޭވިއޭޝަން މޯލްޑިވްސް އާއި އިނާ މޯލްޑިވްސް ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!