ދުނިޔެ

މެއި މަހު ޗައިނާއަށް ވަޑައިގަތުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރަޝިޔާގެ ޕުޓިން ވިދާޅުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިދިޔަ މަހު ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ މެއި މަހު ޗައިނާއަށް ވަޑައިގަތުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވެފަ އެވެ.

Ads by Sosun Fihaara

މި ދަތުރުފުޅަކީ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަކަށްފަހު ޕޫޓިންގެ އާ ހަ އަހަރުގެ ދައުރުގެ ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އޭނާ އެންމެ ފަހުން ޗައިނާއަށް ވަޑައިގެންނެވީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު ޕުޓިން "ނޯ ލިމިޓްސް" ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކުރެއްވީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ހަނގުރާމަ ފެށުނީއްސުރެ ހުޅަނގުގެ ގައުމުތަކުން މޮސްކޯއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން އަންނައިރު، ބެއިޖިންއާ އެކު އޮންނަ ޑިޕްލޮމެޓިކް އަދި ވިޔަފާރީގެ ގުޅުންތަކަށް މޮސްކޯއަށް ވަނީ މާ ބޮޑު އަހަންމިއްޔަތެއް ދީފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!