ޚަބަރު

ކޯޓުތަކާއި ހަސްމުން އެއް ވިއުގާއަކުން ގުޅުވައިދޭ އޮންލައިން ނިޒާމެއް ތައާރަފްކޮށްފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން

ޝައުރީ ދާއިރާގެ އިންޓަރގްރޭޓެޑް ކޭސް މެނޭޖްމެންޓް ސިސްޓަމް (އައި.ސީ.އެމް.އެސް) އިފްތިތާހު ކޮށްފިއެވެ.

Ads by Hajj Corporation

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ސިސްޓަމް އިފްތިތާހު ކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އައިޝަތު ރިޒުނާ ވިދާޅުވީ، އައި.ސީ.އެމް.އެސް އަކީ، ޝަރުއީ ނިޒާމުގެ ތެރޭގައި ހިމެނޭ ހުރިހާ ސްޓޭކް ހޯލްޑަރުން އެއް ވިއުގާއަކުން ގުޅުވާލެވި ސްޓްރީމް ލައިންކުރުމަށް އެޅޭ ފާލަމެއް ކަމަށެވެ.

އެގޮތުން ދައުވާ ފޯމު އެންޓްރީކުރުމާ ހަމައިން ފެށިގެން ކޭސް ރަޖިސްޓްރޭޝަނާއި ކޭސްއަށް ފަނޑިޔާރުން ހަމަޖެއްސުން އެ ސިސްޓަމްގެ ތެރެއިން ކުރިއަަށް ގެންދެވޭނެ ކަމަށް ރިޒުނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކޭސް ޝެޑިއުލިން، ކޯޓު އަމުރު ތައްޔާރުކުރުން، އަދި ހުކުމް ކުރުންވެސް މި ސިސްޓަމްގެ ތެރެއިން ކުރިއަށް ގެންދެވޭނެކަން ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެ ސިސްޓަމްގެ ޕަބްލިކް އެކްސެސް ޕޯޓަލްތަކާއެކު، އާއްމުންނަށް މައްސަލަތަކުގެ ސްޓޭޓަސް ބަލައި، ކޯޓުގެ އިޖުރާއަތުތައް ދެނެގަނެވި ދެފުށް ފެންނަ ނިޒާމަކުން މައްސަލަތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މި ސިސްޓަމްގެ ސަބަބުން ސަބަބުން މައްސަލަތައް ޕްރޮސެސްކުރުމަށް ބޭނުންވާ ވަގުތު ކުޑަވެ، ކޯޓުތަކުގެ ހިންގުން ހަރުދަނާވެގެންދާނެ ކަމަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ވިދާޅުވިއެވެ.

އަދި މަސައްކަތުގެ އެފިޝިއެންސީ އިތުރުވެ، މައްސަލަތަކުގެ ބެކްލޮގް ވަރަށް ބޮޑަށް ދަށްވެ، އަދުލު އިންސާފު ހަލުވިކަމާއެކު، ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!