ޚަބަރު

އިތުރުވާ ރޭޓު ކުޑަނުވެއްޖެނަމަ، މަހެއްގެ ތެރޭ ޗިކުންގުންޔާ އައުޓްބްރޭކަށް ގޮސްދާނެ!

އަލީ ސަމާޙް ، ދެން އޮންލައިން
މާލޭ މަގެއްގެ މަތީގައި ބަޔަކު ހަރަކާތްތެރިވަނީ / ފޮޓޯ: އަދަދު

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ޗިކުންގުންޔާގެ ކޭސްތައް ކޮންޓްރޯލް ނުކުރެވިއްޖެނަމަ މަހެއްގެ ތެރޭގައި ބަލީގެ އައުޓް ބްރޭކަށް ގޮސްދާނެ ކަމަށާއި، އެހެންވެ ވީހާވެސް ބޮޑަށް ސަމާލުވެ ފިޔަވަޅުތައް އަޅަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އިލްތިމާސްކޮށްފިއެވެ.

Ads by STELCO

މި މަހު ތެރޭގައި ޗިކުންގުންޔާގެ ކޭސްތައް ރިޕޯޓްކުރެވޭލެއް ވަނީ އިތުރުވެފައެވެ. މިރޭއާ ހަމަޔަށް ޗިކުންގުންޔާގެ 64 ކޭސް އެއް ރިޕޯޓްކުރެވިފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

މި ދުވަސްވަރު ފެތުރެމުންދާ ހުމާއި، ރޯގާއި ގުޅޭ މައުލޫމާތު މިރޭ ދައުލަތުގެ މީޑިއާ ''ޕީއެސްއެމް'' ގައި ހިއްސާކުރަމުން އެޗްޕީއޭގެ ޕަބްލިކް ކޯޑިނޭޓާ މުހައްމަދު ހަމްޒަތު ވިދާޅުވީ، މީގެ ކުރިން ރާއްޖޭގައި ޗިކުންގުންޔާގެ އައުޓް ބްރޭކަށް ދިޔަ ފަހަރު 250 އަށްވުރެ ގިނަ ކޭސް ރިޕޯޓްކުރެވުނު ކަމަށެވެ. ހަމްޒަތު އެ އިޝާރާތް ކުރަނީ 2006 ވަނަ އަހަރު އައި ޗިކަންގުންޔާގެ އައުޓް ބްރޭކަަށެވެ.

މީގެ ކުރީގެ ތަޖުރިބާ އަށް ބަލައި، ބަލި ފެތުރުން ކޮންޓްރޯލްކުރަން މިހާރުން ފެށިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ހަމްޒަތު ވިދާޅުވިއެވެ. އެކަމަކު ބަލިން ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅުތައް ނޭޅިއްޖެނަމަ ޖޫން މަހު ބަލީގެ އައުޓް ބްރޭކަކަށް ހިނގައި ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވިއެވެ.

އެޕްރީލް، މޭ، ޖޫން ޖުލައިއަށް މި ކޭސްތައް ދާ ކަމަށްވަންޏާ، އައުޓް ބްރޭކެއް ގޮތުގައި ގިނަ ކޭސްތައް އަތޮޅު ތެރެއިން ފެނިގެން ދިޔުމުގެ ފުރުސަތު އެބައޮތް

ކުރިއަށް އޮތް މޭ މަހަކީ ސްކޫލު ބަންދު ދުވަސްވަރެކެވެ. އީދު ބަންދު ދިމާވަނީ ޖޫން މަހުގެ ތެރޭގައެވެ. އެހެންވެ މި ދުވަސްވަރު ގިނަ ބަޔަކު ދަތުރުކޮށް އުޅޭނެ ކަމަށް ބެލެވެއެވެ.

ޗިކުންގުންޔާ ކޮބާ؟ 

ޗިކުންގުންޔާ އަކީ ޑެންގު ހުން ފަތުރާ މަދީރީގެ ޒަރިއްޔާއިން ފެތުރޭ ވައިރަލް ހުމެކެވެ. މި ބަލި ޖެހުމުން ހުޅު ހުޅުގައި ރިއްސުމާއި ބައެއްފަހަރު ހުޅު ދުޅަވުން އަދި އެކަމުގެ އުނދަގޫތައް ގިނަ ދުވަސްތަތަކަށް ކުރިމަތިވެއެވެ.

ޗިކުންގުންޔާ ފެތުރެނީ ކިހިނެއް؟

ޗިކުންގުންޔާ ޖެހިފައިވާ މީހެއްގެ ގައިގައި ހަފާފައިވާ މަދިރިއެއް، މި ބަލި ނުޖެހޭ މީހެއްގެ ގައިގައި ހެފުމަށްފަހު ބަލީގެ ވައިރަސް ވާސިލްވުމުން ބަލީގެ އަލާމަތްތައް ފެންނަން ފަށަނީ ވައިރަސް މަދިރިއެއް 3-7 ހަފްތާ ތެރޭގައެވެ.

ބަލިން ރައްކާތެރިވުމަށް މަދިރި އާލާވާފަދަ ތަންތަނާއި ތަކެތި ނައްތާލުން އަދި މަދިރި ހެފުމުން ރައްކާތެރިވުން ހިމެނެއެވެ.

Ads by HDC
  1. މޫސާ

    މިރެއާ ހަމަޔަށް ޗިކުންގުންޔާގެ 64 ކޭސް އެއް ރިޕޯޓްކުރެވިފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދީފައި ވާއިރު އަހަރެން ހިތަށް އަރަނީ މިބަލީގެ އަލާމަތްތައް ފެނިގެން ދުވާލެއްގެ މައްޗަށް ކިތައް މީހުން ޓެސްޓް ހަދާބާވައޭ، ރާއްޖޭގައި ކިތައް ހޮސްޕިޓަލުން މިބައްޔަށް ޓެސްޓް ކުރެވޭބާއޭ، ސާމްޕަލް ނަގާތާ ކިހާ ދުވަހެއްތެރޭ ނަތީޖާ ލިބޭބާއޭ، އަަރެންވެސް މި ބަލީގަ މިކިޔާ އަލާމާތްތައް ފެނިގެން ޓެސްޓް ހަދަން އައި.ޖީ.އެމް.އެޗަށް ދިޔައިން ސާމްޕަލް ނަގާފައި ބުނީ ނަތީޖާ ލިބެން ހަފްތާއެއްވަރު ވާނެކަމަށް ދެން މިވަރުން ބަލިޖެހޭ މިންވަރު ދެނެގަންނަނީ ކިހިނެއްބާއޭ�