ޚަބަރު އިޖުތިމާޢީ

ބާވެފައިވާ ދީނީ ފޮތްތައް ސިޓީ ކައުންސިލަށް ބަލައިގަންނަން ފަށައިފި

ފައިނާ ފާއިޒް ، ދެން އޮންލައިން
ނައްތާލަން ބޭނުންވާ ބާ މުސްހަފްތަކާއި ގުރުއާންގެ އާޔަތްތައް ހިމެނޭ ފޮތްތަށް ބަލައިގަތުން

މާލޭ ގޭގޭގައި ހުރި ނައްތާލަން ބޭނުންވާ ބާ މުޞްޙަފުތަކާއި ޤުރުއާނުގެ އާޔަތް، ޙަދީޘް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް ބަލައިގަަންނަން މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

Ads by MWSC

ސިޓީ ކައުންސިލުން ބުނީ، އެ ފޮތްތައް ބަލައިގަންނަނީ ހެނދުނު 09:00 އިން ހަވީރު 04:00 އެވެ. އެ ތަކެތި ބަލައިގަންނާނީ ކައުންސިލުގެ ޢާއްމު ޚިދުމަތްތަކާބެހޭ ބައި (ތައިސޭކޮށި) އާއި، ވިލިމާލެ ސެކްޝަން އަދި ހުޅުމާލެ ސެކްޝަން، އަމިން އެވެނިއު މޭޕަލްގެ އެއް ވަނަ ފަންގިފިލާގައިއެވެ.

މުސްހަފް އަދި ދީނީ ފޮތްތައް އަންނަ މަހުގެ 2 ވަނަ ދުވަހާއި ހަމައަށް ބަލައިގަންނާނެ ކަމަށް ސިޓި ކައުންސިލުން ބުންޏެވެ.

ދީނީ ފޮތްތަކާއި ލިޔުންތައް ނައްތާލާނެ ގޮތެއް ހަމަޖެއްސުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައި ކަމަށް އެ އިދާރާއިން ވަނީ މި މަހުގެ 16 ވަނަ ދުވަހު އިއުލާން ކޮށްފައިއެވެ.

އަހަރަކު 2 ފަހަރު ގޭގެއިން ގެނެސް އެ އިދާރާއާ މިފަދަ ފޮތްތައް ޙަވާލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

މިއީ މުސްހަފްތައް އަދި ދީނީ ފޮތްތައް ސައްޚަ ގޮތުގައި ނައްތާލުމަށް މާލެ ސިޓީ ކައުންސިލުން އިސް ނަގައިގެން ކުރިއަށް ގެންދާ ހަރަަކާތެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!