ފުލުހުންގެ ޗީފް އިންސްޕެކްޓާ ޒިޔާދު ކުއްލި ގޮތަކަށް ނިޔާވެއްޖެ
ފުލުހުންގެ ޗީފް އިންސްޕެކްޓަރު މުހައްމަދު ޒިޔާދު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
'އެކްސް' ގައި ޒިޔާދުގެ ފޮޓޯއެއް ހިއްސާކުރުމަށް ފަހު ފުލުހުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ޒިޔާދު ނިޔާވެފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
ފުލުހުންގެ ޕޯސްޓުގައި، ޒިޔާދު ނިޔާވި ސަބަބެއް ހާމަކޮށްފައިނުވިޔަސް މި ނޫހަށް އެނގިފައިވާ ގޮތުން ޒިޔާދު ނިޔާވީ ގޭގައި ހުއްޓާ ކުއްލިއަކަށް ވެއްޓިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.
''ޒިޔާދު ސޯ ފާހަނައިން ނިކުތް ތަނުން ވެއްޓި ހާލު ދެރަވެގެން ހަބަރު ހުސްވުމާއި ގުޅިގެން ޓްރީ ޓޮޕް ގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައި'' މި ނޫހަށް ލިބިފައިވާ ފުލުހުންގެ ގްރޫޕެއްގައި ލިޔެފައިވާ މެސެޖެއްގައި ބުންޏެވެ.
ޒިޔާދުގެ އާއިލާ އަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުގެ ނަމުގައި ފުލުހުން ވަނީ ތައުޒިޔާ ފޮނުވާފައެވެ.
* إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި !
އަދި މައްޔިތާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި .
آمیـــــــــــــن یارب العالمین