ރިޕޯޓް

ކޯއްޓޭ ބޭގެ މުރަކަތައް މަރުވަނީ، އެ ރީތިކަން މާޒީއަކަށް

ފައިނާ ފާއިޒް ، ދެން އޮންލައިން
ކޯއްޓޭ ބޭ

ހިތަދޫގައި ހިމާޔަތް ކުރެވިފައި އޮންނަ ކޯއްޓޭ ބޭގެ ރީތި ކުލަގަދަ މަސްމަހާއި މުރަކަތައް ބަލާ ފޫހި ނުވާނެ އެވެ. މި ނަލަ މަންޒަރުތަކަކީ ދިވެހިންގެ އިތުރުން ފަތުރުވެރިންގެ މަގުބޫލު ކަމާއި ޝައުގުވެރިކަން އޮތް ތަނެކެވެ.

Ads by MWSC

ގުދުރަތީ ރީތިކަމުގެ ޖަވާހިރެކެވެ. ކުރިން އެއީ ރާޅުތަކުގެ ހަރަކާތާ އެއްވަރަށް ނަށާ ރީތި ކުލަގަދަ މުރަކަތަކެއް ހުރި ތަނެކެވެ. އެކަމަކު މިއަދު އެއީ ހުދު ގަލުގެ ގަބުރުސްތާނެކެވެ. މި ނިމިދިޔަ ރަމަޟާން މަހު ރާއްޖެއަށް ވަނީ މިހާތަނަށް ރެކޯޑުކުރެވުނު އެންމެ ހޫނުދަގަ ދުވަސްތަކާއި ކުރިމަތިލާން ޖެހިފަ އެވެ. މުރަކަތަކަށް ކުރި އެއް އަސަރަކީ މީގެ ނުރަނގަޅު އަސަރެވެ. މިއަދު އެ ބުނާ ޒާތުގެ ޖަވާހިރެއް ނެތެވެ.

ހޫނު މޫސުމުގައި ކުރިމަތިވި "ހީޓްވޭވު" ގެ ސަބަބުން ރާއްޖޭގެ ފިނިހޫނުމިން ވަނީ 40 ޑިގްރިއިން މައްޗަށް އުފުލިފަ އެވެ. އޭގެ ނަތީޖާއަކީ ފަރުތައް ހުދުވުމެވެ. އައްޑޫ ހިތަދޫގެ ކޯއްޓޭ ބޭއިން އެ ފެންނަނީ އެ ހިތާމަވަރި މަންޒަރެވެ.

"މިހެން ވާން ދިމާވީ ޓައިޑަލް މޫވްމަންޓުގެ ސަބަބުން ދިޔަވަރު ބޮޑު ނުވެ ގިނަ ދުވަސް ވުމުގެ ސަބަބުން،" ހިތަދޫގެ ނޭޗާ ޕާކުގެ ރެޕްރެޒެންޓޭޓިވެއް ބުންޏެވެ. މިކަމުގެ އަސަރު ބޮޑަށް ކުރަމުން އަންނަނީ ހިތަދޫގެ ފުއްޓަރު ފަރާތަށެވެ.

"ބްލީޗު ވުމަކީ ކޮރަލްތައް މަރުވުމަށް ސަބަބެއް. އަލުން ގްރޯ ވާން ކޮންސްޓެންޓް ޓެމްޕަރޭޗާއެއްގައި ހުރެގެން އަލުން ރިވައިވް ވާނީ. އެއީ 23 އާއި 29 ޑިގެރީ ސެލްސިއަސް ކަމަށް ބަލަމާ،" ރެޕްރެޒެންޓޭޓިވް ބުންޏެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ފަޅުތަކާއި އެ ފަޅުތަކުގައި އުޅޭ ދިރޭތަކެތި ވަނީ ދުނިޔެ ހޫނުވުމާއި ގުޅިގެން ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ޝިކާރައަކަށް ވެފަ އެވެ.

ކޯއްޓޭ ބޭ ފަދަ ރީތި މުރަކައިގެ ބަގީޗާތައް އަޅުގަނޑުމެންގެ ފަހުން އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދިނުމަކީ އެންމެންގެ ވަރަށް ބޮޑު ޒިންމާއެކެވެ.

Ads by HDC
  1. ޙަސަން

    ދިސް އިޒް އަމޭޒިންގ