ޚަބަރު އިޖުތިމާޢީ

ފުލުހުން، ބަންގްލަދޭޝްގެ ދެ މީހަކު ހޯދަނީ

ފައިނާ ފާއިޒް ، ދެން އޮންލައިން
މައްސަލައިގެ ތަހުގީގަށް ހާޒިރުވާން ހޯދާ ދެ މީހުން

ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ބަންގްލަދޭޝްގެ ދެ މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

Ads by STELCO

ފުލުހުން މިއަދު ބުނީ، ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން  ޗިޓު ރައްދުކުރެވިފައި ނުވާ ދެ މީހުން ހޯދަމުންދާ ކަމަށެވެ.

އެހެންވެ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ދެ މީހުން ތަހުގީގަށް ހާޒިރުވާން ފުލުހުން ވަނީ އަންގާފައެވެ. ސީދާ ވަކި މައްސަލައެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ތަހުގީގަށް ހާޒިރުވާން ޖެހެނީ ޝޮހެދުއްލާ (34އ) އަދި ކޮކޮން މިއާ (34އ) އެވެ.

މައްސަލައިގެ ތަހުގީގަށް ސުވާލުކުރަން މެއި 11 ވަނަ ދުވަހުގެ 20:00 އަށް، ނ. މަނަދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވާން ފުލުހުން އެ މީހުންނަށް އަންގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!