ޚަބަރު

ސެނިޓައިޒާ އާއި މާސްކްގެ ޑިއުޓީ ރައީސް މާފުކޮށްދެއްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން މިވަގުތު ލިބުން ދަތިވެފައިވާ ސެނިޓައިޒާ އާއި މާސްކްގެ ޑިއުޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފުކޮށްދެއްވައިފި އެވެ.

Ads by STELCO

ކަސްޓަމްސް އިން މިރޭ ބުނީ މާސްކު އަދި ސެނިޓައިޒާގެ އިމްޕޯޓު ޑިއުޓީ އާއި ޕްރޮސެސިން ފީ މާފުކޮށްދީފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ އިއުލާންކޮށްފައިވާ މުއްދަތަށް ކަމަށެވެ.

އެގޮތުން މިކަމަށް އަމަލުކުރަން ފަށާފައިވަނީ މިއަދުން ފެށިގެން ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

މާސްކާއި ސެނެޓައިޒާއިން ޑިއުޓީ ކަނޑާލާފައިވަނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ އިއުލާން ކޮށްފައި އޮތުމެވެ. އަދި ކޮވިޑް-19އިން ރައްކާތެރިވުމަށް ގިނަ ބަޔަކު އެތަކެތި ގަންނަމުންދާތީ އަގުހެޔޮ ކުރުމަށްޓަކަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!