ޚަބަރު

ކޮވިޑް-19: ޓެސްޓު ކުރި ގިނަ މީހުންތަކެއްގެ ނަތީޖާ ނައްސި ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ކިރިޔާ ވެސް ޝައްކުވާ އަލާމާތެއް ހުރި މީހެއްގެ ޓެސްޓް ހެދުގެ އުސޫލުގެ ދަށުން ގިނަ ބައެއްގެ ނަތީޖާ ނައްސި ވެއްޖެއެވެ.

Ads by STELCO

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ އިންޑިއާގެ ބެންގަލޫރުން ރާއްޖެ އައި ދިވެއްސެއްގެ ނަތީޖާ އާއި ގިލިލަންކަންފުށީގެ ދެ މީހެއްގެ ނަތީޖާ އާއި އަނަންތާރާ ކިހާވަތްގެ އެއް ބިދޭސީ މީހަކާއި މައި ސްކައި ޔޮޓްގެ މީހަކާއި ފުރަވެރި ރިސޯޓްގެ ދެ މީހެއްގެ ނަތީޖާ ނައްސި ވެފައިވާ ކަމަށެވެ.

އެހެންކަމުން އެ ރިސޯޓްތަކުން ލޮކްޑައުންގެ ހާލަތު ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޅ. ކުރެއްދޫ ރިސޯޓްގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވި މީހެއްގެ ޓެސްޓްގެ ނަތީޖާ ނައްސިވެފައިވާ ކަމަށާއި މާލޭގައި ގާއިމްކޮށްފައިވާ ފުލޫ ކުލިނިކަށް ދިޔަ މީހުންގެ ގައިން 121 ސާމްޕަލް ވެސް ނައްސި ވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ރ. ފައިނު، އއ. އުކުޅަސް، ދ. ކުޑަހުވަދޫ، ޅ. ހިންނަވަރު އަދި އައްޑޫ ސިޓީ ހިތަދޫއިން ކޮވިޑް-19 އަށް ޓެސްޓު ކުރަން ނެގި ސާމަޕަލްތައް މާލެ އައިސްފައިވަނީ މިއަދު ކަމަށާއި އެ މީހުންގެ ނަތީޖާ ލިބޭވަރު ވަނީ މާދަމާ ކަމަށެވެ.

ކޮވިޑް-19 ރާއްޖެއިން މިހާތަނަށް 13 ނައްސިވެފައިވާއިރު އެ އެންމެނަކީ މުޅިން ބިދޭސީންނެވެ.

ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!