ޚަބަރު

އިންޑަސްޓްރިއަލް ވިލެޖު ސާފުކުރަން ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މާލެ އިންޑަސްޓްރިއަލް ވިލެޖް ސާފުކުރުމުގެ މަސައްކަތް ކުރިއަށްދަނީ

މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

Ads by STELCO

މާލެ ސިޓީ ކައުންސިލުން ''އެކްސް'' ގައި ކުރި ޕޯސްޓެއްގައި ބުނީ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ އެ ކައުންސިލާއި، ވެމްކޯ، ހައުސިން މިނިސްޓްރީ، ލޯކަލް ގަވަމަންޓު މިނިސްޓްރީ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އިތުރުން ފުލުހުން ގުޅިގެން ކަމަށެވެ.

އިންޑިއަސްޓްރިއަލް ވިލެޖު ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ފޮޓޯތަކެއް ހިއްސާކުރައްވާ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މާލޭގެ މޭޔަރު އާދަމް އާޒިމް، އިލްތިމާސްކުރީ މާލޭގެ އެއްވެސް ތާކަށް ކުނި ނޭޅުމަށެވެ. އަދި މާލެ ސިޓީ ހަޑިވާ ޒާތުގެ އެއްވެސް ކަމެއް ނުކުރުމަށްވެސް މޭޔަރު އިލްތިމާސް ކުރިއެވެ.

''މިސާލަކަށް ކުޅުޖެހުން، ޓިސޫ އެއްލާލުން، ޕެކެޓް، ދަޅުފަދަ ތަކެތި އެއްލާލުން ހުއްޓާލެއްވުން އެދެން'' އާޒިމްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ވެމްކޯއިން އިން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ، މިއީ ނުވަ މަސް ދުވަހުގެ ތެރޭގައި އެ ސަރަހައްދު ސާފުކުރަން ޖެހުނު ތިން ވަނަ ފަހަރު ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!