ދުނިޔެ

ކޮވިޑް19: އުމުރުން 73 އަހަރު، އަދިވެސް ސާބިތުކަމާއެކު ސިއްހީ ހިދުމަތުގައި

ދެން އެމްވީ ، ދެން އޮންލައިން

ދޮށީ އުމުރުގެ ބޭފުޅުން ނުވަތަ އިސްރަށްވެހީން ޚިދުމަތުގެ ދާއިރާއެއްގައި އަވަދިނެތި މަސައްކަތް ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަމުދުން އާންމު ކަމެއް ވެސް ނޫނެވެ.

Ads by WAMCO

ނަމަވެސް މިއީ އުމުރުން 73 އަހަރުގައި ވެސް ހޮސްޕިޓަލެއްގެ އެމެޖެންސީ ޑޮކްޓަރެއްގެ ވަޒީފާ އަދާކުރަމުންދާ މީހެއްގެ ވާހަކަ އެކެވެ. މި ޑޮކްޓަރުގެ ވާހަކަ އޭނާގެ ދަރިފުޅު ، ކްރިސްޓިން ފިޝަރ މީސް މީޑިއާ ގައި ހިއްސާ ކުރުމާއެކު ދުނިޔޭގައި ބަލިމަޑުކަން ފެތުރެމުންދާ މިފަދަ ދުވަސްވަރެއްގައި ވެސް އެ ޑޮކްޓަރު ދެމުންދާ ހިދުމަަތަށް ގިނަ ބައެއްގެ ލޯތްބާއި ތައުރީފުވަނީ ލިބިފައެވެ.

ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ބައްޕަގެ ހާލު ބަލާލަން ކްރިސްޓިން ގުޅުމުން ޖަވާބުގައި ބައްޕަ ފޮނުވާފައިވަނީ ޑޮކްޓަރުގެ ކޯޓުގައި މާސްކު އަޅައިގެން ހުރި ފޮޓޯއެކެވެ. ބައްޕަ ފޮޓޯ ފޮނުވުމާއެކު އޭނާ އަށް ވީގޮތް ވެސް ނޭނގުނު ކަމަާއި ވަރަށް ގަދައަށް ރޮވުނު ކަމަށް ކްރިސްޓިން ބުނެފައިވެއެވެ.

ކްރިސްޓަން މީސް މީޑއާގައި ހިއްސާކުރި ފޮޓޯއަށް 83000 ވުރެ ގިނަ މީހުން ލައިކް ދީފައިވާއިރު ގިނަ ބަޔަކު އަންނަނީ އެމީހުންގެ މައިންބަފައިން ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަންނަ ވާހަކަތައް ވެސް ހިއްސާކޮށްފައެވެ. އަދި އެހާ ދޮށީ އުމުރުގައި ވެސް ކްރިސްޓަން ގެ ބައްޕަ ކުރަމުން އަންނަ މަސައްކަތަށް ގިނަ ބައެއް ގެ ލޯތްބާއި ތައުރީފު ލިބިފައިވެއެވެ.

ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ކޮރޯނާ ވައިރަހަކީ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު ސިއްހީ ހިދުމަތްތެރިން ގެންދަނީ ވައިރަސް ޖެހުނު މީހުުންނަށް ފަރުވާ ދިނުމަށް ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތް ކުރަމުންނެވެ. މި ނުރައްކާތެރި ވައިރަސްއަށް ވެކްސިންއެއް ހޯދިފައިނުވާއިރު ވައިރަސް ޖެހުނު މީހުންގެ އަދަދުވަނީ ދެލައްކައަށް އަރާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!