16 މީހުންނާ އެކު ދަތުރު ކުރި ''ރޯޝަނީ'' ބޯޓު ފަރަށް އަރައިފި

16 މީހުންނާއި އެކު ދަތުރުކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފުން ބުނީ ފަރަށް އަރާފައި ވަނީ މާލެއިން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ "ރޯޝަނީ" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ.
އެ ބޯޓުގައި ތިބި 16 މީހުންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާއިއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވާއިރު އެ ބޯޓު އަދި މިހާތަނަށް ފުން ކުރެވިފައެއް ނުވެއެވެ.
''ބޮޑު ދިޔާގައި ކަފުޖަހާނެ ބޯޓެއް އައުމާއެކު ފުންކުރުމުގެ މަަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައި'' މީޑިއާތަަކަށް ފޮނުވި މެސެޖެއްގައި ސިިފައިން ބުންޏެވެ.
ބޯޓު ފުން ކުރުމަށް އިންޓާސެޕްޓާ ކްރާފްޓް ޑައިވަރުންގެ އެހީ ހޯދާނެއެވެ.