އޮފީހެއް ފަޅާލި މީހަކު ހޯދަނީ
އޮފީހެއްގެ މުދަލަށް ގެއްލުންދީ އެތަނުން ވައްކަން ކުރި މައްސަލައެއްގައި ދިވެހި ފިިރިހެނެއްގެ ފޮޓޯ އާއި ވަަނަވަރު އާންމުކޮށް އޭނާ ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
ފޮޓޯ އާއި ވަަނަވަރު އާންމުކޮށް ހޯދަން އިއުލާނުކޮށްފައި ވަނީ އިބްރާހީމް ނާޝިދު، ގދ. ތިނަދޫ / ސަކީނާމަންޒިލް، (34އ) އެވެ.
ފުލުހުން ބުނެފައި ވަނީ އޭނާ އަކީ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދުކުރެވިފައިނުވާ ކަމަށެވެ.
މައްސަލައިގެ ތަހުގީގަށް ސުވާލުކުރަން ހާޒިރުވާން ޖެހެނީ 2024 މެއި 12 ވަނަ ދުވަހުގެ 08:30 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ކަމަށްވެސް ފުލުހުން ވަނީ ބުނެފައި އެވެ.
Ads by Allied Insurance