ދުނިޔެ

ކޮރޯނާ ވައިރަހަކީ ދޮގެއް ކަމަށް ބުނި ޓްރަމްޕް، އޭނާ އަށް މި ބަލިމަޑުކަން އަންނަ ކަން މާކުރިން އެނގޭކަމަށް ބުނެފި

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަހުގެ ބަލިމަޑުކަން އަންނަން އުޅޭކަށް މާކުރިން ވެސް އެނގޭ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބުނެފިއެވެ.

Ads by Sosun Fihaara

މިދިޔަ އަންގާރަ ދުވަހު ބޭއްވި ޕްރެސްއެއްގައި ޓްރަމްޕް ބުނީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ކޮރޯނާ ވައިރަހަކީ ބަލިމަޑުކަމެއް ކަމުގައި ކަނޑައެޅުމުގެ މާ ކުރިން އެކަންވާނެ ކަމަށް އޭނާ އަށް އެނގޭ ކަމަަށެވެ. ޓްރަމްޕް ބުނިގޮތުގައި އެހެން ގައަުމުތަކުގައި ވައިރަސް ފެތުރެމުންދިޔަ ނިސްބަތަށް ބަލާފައި ކޮންމެ މީހަކަށް ވެސް އެވަރު ވިސްނޭނެކަމަށެވެ.

ނަމަވެސް މީގެ ހަފްތާތަކެއް ކުރިން ޓްރަމްޕްވަނީ ކޮރޯނާ ވައިރަހަކީ ބަޔަކު މީހުން ދައްކާ ދޮގު ވާހަކައެއް ކަމުގައި ބުނެފައެވެ. މީގެ ސަބަބަުން ގިނަ ބައެއްގެ ފާޑުކިޔުންވެސް ޓްރަމްޕަށް ދަނީ އަމާޒުވަމުންނެވެ.

އެމެރިކާގެ ބައެއް ރައްޔިތުން މީސް މީޑިއާގައި ހާމަކުރި ގޮތުގައި ރައްޔިތުންނަށް ރައީސް ގެ ހިތްވަރުގެ ބަސްތައް ލިބެންޖެހޭ ދަނޑިވަޅެއްގައި ވެސް ޓްރަމްޕް ބެލީ ބޮޑާވެ އަމިއްލަ ނަފްސު މޮޅުކުރާށެވެ.

އެމެރިކާގެ 6000 އަށް ވުރެ ގިނަ މީހުނަށް ކޮވިޑް19 ޖެހިފައިވާއިރު ޓްރަމްޕްގެ ރާގު ބަދަލުވެ ވައިރަހުން ރައްކާތެރިވުމަށް ގިނަ ސީރިއަސް ފިޔަވަޅުތަކެއް މިހާރު ދަނީ އަޅަމުންނެވެ. އެމެރިކާއިން 100 އަށް ވުރެ ގިނަ މީހުން މިބަލީގައި ވަނީ މަރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!