ޚަބަރު

މާލޭ ސުކޫލުތަކުގެ ގްރޭޑު 1 ވަަންނަން އެކަނި 2000 ވުރެގިނަ ފޯމު

އައިކާ ޔުނާން ، ދެން އޮންލައިން
މާލޭ އަމީނިއްޔާ ސްކޫލު/ ފޮޓޯ: ރާއްޖެ.އެމްވީ

މާލެ ސަރަހައްދުތަކުގެ ސުކޫލުތަކަށް އަލަށް ގްރޭޑު އެކަކަށް ދަރިވަރުން ވެއްދުމަށް އެދި 2000 އަށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށް ތައުލީމީ ވުޒާރާއިން ބުނެފިއެވެ.

Ads by STELCO

އެ ވުޒާރާއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން ގްރޭޑު އެކަކަށް ވެއްދުމަށް އެދި 2290 ދަރިވަރެއްގެ ފޯމު ވަނީ ހުށަހަޅައިފައެވެ.

އޭގެ އިތުރުން އެހެނިހެން ގްރޭޑުތަކަށް ވެއްދުމަށް 1450 ފޯމު ލިބިފައިވާ ކަމަށް ބުނެފައިވެއެވެ.

މީގެ ތެރޭގައި ހިމެނެނީ އަތޮޅުތެރޭގެ ސުކޫލުތަކުން މާލެ ބަދަލުވާ 790 ދަރިވަރުންނާއި މާލޭގެ އެއް ސުކޫލުން އަނެއް ސުކޫލަށް ބަދަލުވާ 660 ދަރިވަރުންގެ ފޯމެވެ.

ދަރިވަރުން ސުކޫލަށް ވެއްދުމާއި ބަދަލުކުރުމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ ހަތް ވަނަ ދުވަހުގެ 14:00 އެވެ.

ތައުލީމީ ވުޒާރާއިން ބުނީ ހުށަހަޅާ ހުރިހާ ފޯމަކަށް ވެސް މި މަހުގެ 13 ގެ ކުރިން ޖަވާބު ފޮނުވާނެ ކަމަށެވެ.

ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން އަންނަ ދިރާސީ އަހަރު ގްރޭޑް އެކަކަށް ބަދަލުކުރެވޭނެއެވެ. އެ ވުޒާރާއިން ބުނީ އެ ކުދިން ވާންޖެހެނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 6 އަހަރު ފުރި، 7 އަހަރު ނުފުރޭ ކުދިންނަނަށް ކަމަށެވެ

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ގަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!