ޚަބަރު

ކުށެއްގެ ނާޖާއިޒު ފައިދާ ނަގައި، ވީޑިޔޯކޮށް ފަޟީހަތް ކުރުން ރައީސް ކުށްވެރިކޮށްފި

އައިކާ ޔުނާން ، ދެން އޮންލައިން

މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަގްސަދެއްގައި ވީޑިޔޯކޮށް އާއްމުންގެ ތެރޭގައި ފަޟީހަތްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރައީސް މިފަދައިން ވިދާޅުވީ މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވި ނަމަވެސް, ރައީސްގެ ޕޯސްޓަކީ ކުރީގެ ހޯމް މިނިސްޓަރު، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ކާރުކޮޅުގައި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓުގެ ސީނަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް (އިންމު) ވަޑައިގެން އާންމު ކުރެއްވި ވީޑިއޯއާ ގުޅިގެން ކަމަށް ބެލެވެ އެވެ.

ރައީސް ވިދާޅުވީ, މިގޮތަށް ވީޑިއޯކޮށް, މީހުން ފަޟީހަތްކޮށް ހެދުމަކީ، އަހުލާގީ ގޮތުންނާއި އިޖްތިމާއީ ގޮތުން ބަލާއިރު އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަމެއް ނޫން ކަމަށާއި ކުށް ކުރާ މީހުންނާ މެދު އަމަލު ކުރާނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

"ކުށެއް ކޮށްފި މީހަކާއިމެދު ކަންކުރާނޭ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވޭ. އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ގާނޫނީ ނިޒާމު ގާއިމް ވެފައިވޭ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ, ދީނީ ގޮތުންނާއި އިޖްތިމާއީ ގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ގާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖްތަމައުން ނައްތާލަން މި މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫހު ނައްތާލުމަށްވެސް އެޅޭ ހުރަހަކަށް ނޫނީ ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމަޢެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވަމާތޯ" ނިންމާލަމުން ރައީސް ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ އިންތިހާބީ މެންބަރު އިންމު ވާހަކަ ދައްކަވާ މަންޒަރެވެ. އިމްރާން އެއްވެސް އެއްޗެއް ވިދާޅެއް ނުވެ ހުންނެވީ އެވެ. ޑްރައިވަރު ވެސް އެއްވެސް އެއްޗެއް ނުބުނެ އެވެ. އިންމު ވިދާޅުވަމުން ގެންދެވީ އެއީ އާދައިގެ މީހެއް ކަމަށާއި އޭނާއަށް މާފު ދިނުމަށް ކަމަށެވެ. އަދި މާފު ދެވެން ނެތް ނަމަ، ލިބުނު ގެއްލުމަށްވާ ފައިސާ އޭނާ ދައްކަވާނެ ކަމަށް އިންމު ވިދާޅުވާ އަޑު އިވެ އެވެ.

މި މައްސަލައިގައި ގިނަ ބައެއްގެ ނުރުހުން އިންމު އަށް އަމާޒުވެފައިވާއިރު, ބައެއް މީހުން ވަނީ ތައުރީފް ކޮށް ވެސް ވާހަކަ ދައްކައިފައެވެ.

  1. މެމްބަރު ކަންތައްކުރީ ވ ނާތަހުޒީބް ކޮށް ޢާންމު މީހަކަސް ވެރިޔަކަސް ކުށެއް ކުރެވުމުން މާފަށް އެދުން މައްސަލައެއްނޫން އެކަން ކަމާބެހޭ ފަރާތަށް އެންގުމަކީ ކުރަންޖެހޭނެ ކަމެއް ތިމާމީހާ އަތުން ކުށެއް ކުރެވުނީމަ އެއީ ހަމަ އެކަނި މާފްކޮއްގެން ޙައްލު ކުރެވޭނެ ކަންތަކެއްނޫން ތަޙުގީގީ އިދާރާތަށް ހުންނަނީ ކޮންމެވެސް ބޭނުމަކު ކުއްކުރާމީހާއަށް މާފުދީ ގެއަށް ފުނުވާލަން މުއައްސަސާތަކުގެ ބޭނުމަކީ ކޮބާ؟

  2. ޙިލނ