ފިލިޕީންސްގެ އަސްކަރިއްޔާއާއެކު އޮސްޓްރޭލިއާ އިން ގުޅުން ބަދަހިކޮށްފި
ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ ހަރުކަށިކަން އިތުރުވަމުންދާތީ، އެމެރިކާ، ޖަޕާން އަދި ފިލިޕީންސްއާއެކު ސަލާމަތީ ގޮތުން ގުޅުން ބަދަހިކުރުމަށް އޮސްޓްރޭލިއާއިން އެއްބަސްވެއްޖެ ކަމަށް ވޮއިސް އޮފް އެމެރިކާ (ވީއޯއޭ) އިން ބުނެފިއެވެ.
ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ އުންމީދުތައް އޮސްޓްރޭލިއާ އާއި އިންޑޯ ޕެސިފިކް ގެ ބައިވެރިންނާއި އެމެރިކާ އަށް ދަނީ ނުރައްކާ ކުރަމުންނެވެ.
އޭގެ ރައްދުގައި އޮސްޓްރޭލިއާ، އެމެރިކާ އަދި ޖަޕާނުން ވަނީ ފިލިޕީންސާއެކު އަސްކަރީ ތަމްރީނުތައް ވަރުގަދަ ކުރުމަށް އެއްބަސްވެފަ އެވެ.
މިދިޔަ ހުކުރު ދުވަހު އެ ހަތަރު ގައުމުގެ ދިފާއީ އޮފިޝަލުން ހަވާއީގައި ބައްދަލުކޮށް އެ ސަރަހައްދުގައި ކަނޑުދަތުރުފަތުރުގެ މިނިވަންކަން ހިމާޔަތް ކުރާނެ ކަން އިއުލާނުކުރި އެވެ.
ދެކުނު ޗައިނާ ކަނޑުގައި ޕެޓްރޯލް ކުރަމުން ދަނިކޮށް ފިލިޕީންސްގެ ދެ އުޅަނދަކަށް ފެން ބަޑި ބޭނުން ކުރުމުން ފިލިޕީންސުން ވަނީ ޗައިނާއިން ނުރައްކާތެރި ހަރަކާތެއް ހިންގުމާއި ފުރައްސާރައިގެ އަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ.
އޮސްޓްރޭލިއާ، އެމެރިކާ އަދި ޖަޕާން ގުޅިގެން މިދިޔަ މަހު ވަނީ އެ ސަރަހައްދުގައި ފުރަތަމަ ފަހަރަށް ކަނޑުގެ އަސްކަރީ ތަމްރީނުތަކެއް ބާއްވާފަ އެވެ.
އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސް ވިދާޅުވީ ގާތް ގުޅުމުގެ ސަބަބުން ސަލާމަތީ ކަންކަން ބަދަހިވެގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ހަތަރު ގައުމު އެކުގައި މަސައްކަތް ކުރުމުގައި ބާރާއި މުހިންމުކަމެއް އެބައޮތް. އަޅުގަނޑުމެން ބޭއްވި ބައްދަލުވުންތަކަކީ ދުނިޔޭގެ އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ ތަރުތީބަށް އަޒުމް ކަނޑައެޅިފައިވާ ހަތަރު ޑިމޮކްރަސީއެއްގެ ވާހަކަ މި ސަރަޙައްދަށާއި ދުނިޔެއަށް ވަރަށް މުހިންމު މެސެޖެއް ރަމްޒުކޮށްދޭ ބައްދަލުވުންތަކެއް،" ރައީސް ވިދާޅުވި އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ފިލިޕީންސާއެކު އަސްކަރީ އެއްބާރުލުން އިތުރުކުރުމަކީ ޗައިނާގެ ހަރުކަށި ފިކުރުތައް އިތުރުވުމާ ދެކޮޅަށް ކުރާ މަސައްކަތެކެވެ.
އޮސްޓްރޭލިއަން ސްޓްރެޓެޖިކް ޕޮލިސީ އިންސްޓިޓިއުޓްގެ ސީނިއާ އެނަލިސްޓެއް ކަމަށްވާ މެލްކޮމް ޑޭވިސް ވިދާޅުވީ ބެއިޖިންގެ ސަރަހައްދީ އެދުންތަކުގެ ސަބަބުން ކަންބޮޑުވުން ބޮޑުވަމުންދާ ކަމަށް އޮސްޓްރޭލިއަން ބްރޯޑްކާސްޓިން ކޯޕަރޭޝަނުން ބުނެއެވެ.
"ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވަނީ، ޗައިނާއިން ފިލިޕީންސްއާ ދެކޮޅަށް ހިންގަމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަކޮށް، ޗައިނާގެ ކަނޑުގެ ކަނޑުގެ ސަރަޙައްދުގެ ގޮތުގައި ޗައިނާ އިން އެދޭ ދެކުނު ޗައިނާ ކަނޑުގެ މުޅި ސަރަޙައްދަށް ފަހަތަށް ޖެހި، އެކަން ޤަބޫލުކުރުމަށް މަޖުބޫރުކުރުވުމަށް މަސައްކަތް ކުރާނެކަމުގެ ކަންބޮޑުވުން. މިއީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި ސިޔާދަތީ ދައުލަތަކާ ދެކޮޅަށް ޗައިނާއިން ހަރުކަށި ފިޔަވަޅުތަކެއް އެޅުން،" އޭނާ ވިދާޅުވި އެވެ.