9 ސަފީރަކަށް މަގާމުގެ ފަތްކޮޅު ހަވާލުކުރައްވައިފި

ބައެއް ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް އައްޔަންކުރާ ނުވަ ސަފީރަކަށް މަގާމުގެ ފަތްކޮޅު މިއަދު ހަވާލުކުރައްވައިފިއެވެ.
މި ބޭފުޅުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފަތްކޮޅު ހަވާލުކުރައްވާފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މަގާމުތަކަށް އައްޔަން ކުރެއްވި ބޭފުޅުން:
- އެކުވެރި އަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ކޮތަންމާގެ، މުހައްމަދު ހުސައިން ޝަރީފު (މުންދު)
- އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ހ. އޯކިޑް، އިރުތިޝާމް އާދަމް
- ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ފަށަލަ، ޑރ ފަޒީލް ނަޖީބު
- އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ޑރ. އަލީ ނަސީރު މުހައްމަދު
- ކިންގްޑަމް އޮފް ބެލްޖިއަމްއަށާއި، ޔޫރަޕިއަން ޔޫނިއަންއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ގީލާވިލާ، ގީލާ ޢަލީ
- މެލޭޝިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ރުއްފުށި، ޑރ. މަރްޔަމް ޝަބީނާ އަހުމަދު
- ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ތުޅާގިރި، މަސްއޫދު އިމާދު
- ޖެނީވާގައި ހުންނަ ދާއިމީ މަންދޫބުކަމަށް، މ. ވިލާދަށުގެ، ޑރ. ސަލްމާ ރަޝީދު
- ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މއ. ދިލާސާގެ، މުހައްމަދު ލުވޭޒު
މި ބޭފުޅުންނަކީ މި މަގާމުތަކަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފައިވާ ބޭފުޅުންނެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާއަށް އައްޔަން ކުރާ ސަފީރު ކަމަށް މުހައްމަދު ތާހާއާއި ބަންގްލަދޭޝްގެ ސަފީރަކަށް ޝިއުނީން ރަޝީދު އައްޔަން ކުރަން ވެސް މަޖިލީހުން ވަނީ ރުހުން ދީފައެވެ.