ޚަބަރު ސަރުކާރު

ސައުދީ ރަސްގެފާނުގެ މެހެމާންދާރީގައި ރައީސް އުމްރާއަށް ފުރާވަޑައިގެންފި

އައިކާ ޔުނާން ، ދެން އޮންލައިން

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސައުދީއަށް މިއަދު ފުރާވަޑައިގެންފި އެވެ.

Ads by STELCO

ރައީސް އޮފީހުން މިއަދު ބުނީ, ރައީސްގެ މި ދަތުރުފުޅަކީ ދެ ހަރަމްފުޅުގެ ޚާދިމް އަދި ސައުދީ ރަސްގެފާނު ކިންގް ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ މެހެމާންދާރީގައި ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ރައީސް އަރިހުގައި ސަރުކާރުގެ އިސްވަފުދެއް ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަ އެވެ. މި ބޭފުޅުން ދަތުރުކުރައްވަން ހަމަޖެހިފައިވަނީ ސައުދީ ސަރުކާރުން ފޮނުވި ހާއްސަ މަތިންދާބޯޓެއްގައި ކަަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ދަތުރުފުޅުގައި ރައީސް އަރިހުގައި ވަޑައިގަންނަވާ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުالله ފަޔާޒް އާއި ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް އަދި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުالله ނާސިރެވެ.

މިއީ ވެރިކަމަށް ވަޑައިގެންނެވުމަށް ރައީސް ސައުދީއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!