ކޮވިޑް19:އިޓަލީގައި 2600 އަށް ވުރެ ގިނަ ސިއްހީ ހިދުމަތްތެރިންނަށް ވައިރަސް ޖެހިފައި
މިހާރު އެންމެ ބޮޑަށް ވައިރަސް ފެތުރެމުންދާ އިޓަލީގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ 2600 ވުރެ ގިނަ މީހުނަށްް ވައިރަސް ޖެހިފައިވާކަަމަށް ރިޕޯޓުތައް ބުނެފިއެވެ.
އެއީ އިޓަލީއިން ވައިރަސް ޖެހުނު މީހުންގެ 8.3އިންސައްތަ މީހުންކަން ވެސް ފާހަގަކޮށްލަންޖެހެއެވެ. މުޅި އިޓަލީ މިހާރުލޮކްޑައުންގައި އޮތްއިރު އިޓަލީ ސަރުކާރުން ވަނީ ވައިރަހާއި ދެކޮޅަށް އަޅާ ފިޔަވަޅުތައް ވަރުގަދަކޮށް އޭޕްރިލް މަހުގެ ނިޔަލަށް ލޮކްޑައުން ގެ މުއްދަތުވެސް އިތުރުކޮށްފައެވެ.
އިޓަލީގެ 2600 ވުރެ ގިނަ ސިއްހީ މަސައްކަތްކުރާ މީހުނަށް ވައިރަސް ޖެހުނު އިރު އިއްޔެ އަކީ އެންމެ ބޮޑަށް ވައިރަސް ފެތުރުނު ދުވަހެވެ. އެއާއެކު އިޓަލީގެ ހާލަތު ޗައިނާއަށްވުރެ ގޯސްވާނެކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އިޓަލީގެ ހާލަތު ބަޔާންކޮށް އިޓަލީގެ ސިއްހީ ފައުންޑޭޝަނަކުން ނެރުނު ރިޕޯޓުން ދައްކާ ގޮތުގައި ފާއިތު ވި އެއް ހަފްތާ ތެރޭގައި އެކަނި ވެސް އިޓަލީގެ 1500 އަށް ވުރެ ގިނަ ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވައިރަސް ޖެހިފައިވެއެވެ.
ވައިރަހުގެ އަސަރު 1،0 އިންސައްތަ ޑޮކްޓަރުންނަށް ވެސް ކޮށްފައިވާއިރު ކިތަންމެ ބޭނުުން ބޮޑުނަމަވެސް އެމީހުންވަނީ އެމީހުންގެ ވަޒީފާތަކުން ދުރުކޮށް އެކަހެރި ކުރެވިފައެވެ.
އިޓަލީގެ 31506 މީހަކަށް މިހާތަނަށް ވައިރަސް ޖެހިފައިވާއިރު 2503 މީހުންވަނީ މަރުވެ ވައިރަހުގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ.