ޕޯޓް ސެކިއުރިޓީ ޓްރެއިނިން ނިންމާލައިފި

ޕޯޓް ސެކިއުރިޓީ އޮފިސަރުންނަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގުޅިގެން ހިންގި "ޕޯޓް ސެކިއުރިޓީ ޓްރެއިނިން – ސެޓްފިކެޓް 1" ކޯސް ނިންމާލައިފިއެވެ.
މި ޓްރޭނިންގް އަކީ، ޕޯޓް ސެކިއުރިޓީގައި މަސައްކަތް ކުރާ އޮފިސަރުންނަށް ބޭނުންވާ ހުނަރާއި އިލްމު އުނގަންނައިދީ، ހަރުދަނާ ސެކިއުރިޓީ އޮފިސަރުން އުފެއްދުމަށް ހިންގާފައިވާ ޕްރޮގްރާމެކެވެ. މި ކޯހުގައި އެމްޕީއެލްގެގެ 18 ސެކިއުރިޓީ އޮފިސަރުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ހިތަދޫ ޕޯޓުގެ ދެ ބައިވެރިންނާއި ކުޅުދުއްފުށި ޕޯޓުގެ ދެ ބައިވެރިން ހިމެނެއެވެ.
އެމްއެންޑީއެފްގެ މައި މަރުކަޒުގައި ބޭއްވި މި ކޯހުގެ ނިމުމުގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ އަލީ ހާޝިމް އާއި ސީނިއާ މެނޭޖްމަންޓްގެ ބޭފުޅުން ބައިވެރިވަޑައިގަތެވެ. އަދި މި ރަސްމިއްޔާތުގައި މި ކޯހުގެ ބައިވެރިންނަށް ބެޖާއި ސެޓްފިކެޓް ވަނީ ދީފައެވެ. މީގެއިތުރުން ކޯސް ފުރިހަމަކޮށް، ވަނަވަނައަށް ހޮވުނު ބައިވެރިންނަށްވެސް ވަނީ އިނާމު ދީފައެވެ.

މި ކޯހުގެ އެކި ވަނަތަކަށް ހޮވުނު ބައިވެރިންނަކީ:
1 – އަފްސަލް އިބްރާހިމް / ސީނިއާ ސެކިއުރިޓީ އިންސްޕެކްޓާ – ބެސްޓް އޯލް ރައުންޑް
2 – މުޙައްމަދު ނުހާދު / ސީނިއާ ސެކިއުރިޓީ އެސިސްޓަންޓް – ބެސްޓް އިން މެރިޓް
3 – މުޙައްމަދު އަބްދުﷲ / ސީނިއާ ސެކިއުރިޓީ އެސިސްޓަންޓް – ފިޓަސްޓް ޕާޓިސިޕަންޓް