ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް، ކުޑަކުއްޖަކާއި ދެ މީހަކަށް ފަރުވާދެނީ

ސިނަމާލެ ބުރިޖު މަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެކްސިޑެންޓުގައި ކުޑަކުއްޖަކާއި ދެ މީހަކު، ޒަހަމްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.
އެކްސިޑެންޓް ހިނގީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް، އެހެން އުޅަނދެއްގައި ޖެހިގެންނެވެ.
ބާރު ސްޕީޑުގައި ސައިކަލުން ދަތުރުކުރި މީހާއަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.