Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އިންޒާރަކާ ނުލައި ލައިސެންސް ހިފެހެއްޓުމުގެ މައްސަލަ ހައްލުކުރަނީ

އިންޒާރަކާ ނުލައި ލައިސެންސް ހިފެހެއްޓުމުގެ މައްސަލަ ހައްލުކުރަނީ

އެއްވެސް އިންޒާރެއް ދިނުމެއް ނެތި ކާރު ޑްރައިވަރެއްގެ ލައިސަންސް ހިފެހެއްޓި ކަމަށް ބުނާ މައްސަލައެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން، އެފަދަ މައްސަލަތައް ތަކުރާރު ނުވާނެހެން ފުލުހުންގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

އިންޒާރެއް ދިނުމެއް ނެތި ލައިސަންސް ހިފެހެއްޓި ކަމަށް ބުނާ މައްސަލަ ފެންމަތިވެފައިވަނީ ރޭގައެވެ.

މިކަން ދިމާވި މީހާ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ސޯސަންމަގު ސިންދިތާއަށް ކާރު މަޑުކޮށްފައި ގޮސް އޭޑީކޭ ކައިރިން އަބުރާލާފައި އަނެއްކާ އައިސް ސިންދިތާކައިރި މަޑުކޮށްލިތާ ދެ މިނެޓުވެސް ނުވަނިސް ފުލުސް ދެ އޮފިސަރުން އައިސް ލައިސަންސް ދޭން ބުނި ކަމަށެވެ.

Advertisement
Ooredoo — Square (box)

އަދި ލައިސަންސް ދިނުމުން ލައިސަންސް ހިފެހެއްޓީ ކަމަށާއި، ދެން ކާރު ދުއްވޭނީ 48 ގަޑިއިރު ވަންދެން ކަމަށް ބުނެފައިވާކަމަށް ވެސް އެ ޕޯސްޓުގައިވެއެވެ.

https://twitter.com/Shifan4040/status/1791399707027341799

އިތުރަށް އޭނާ ބުނީ، އެއްވެސް އިންޒާރެއްނެތި ލައިސަންސް ހިފެހެއްޓޭތޯ ބެލުމަށް ފުލުހުންގެ އިދާރާއަށް ގުޅައި ކަންދިމާވިގޮތް ހިއްސާކުރި ކަމަށެވެ. އަދި ފުލުހުން އެމައްސަލަ ބެލުމަށްފަހު އޭނާއަށް ގުޅާފައި، ލައިސަންސް ހިފެހެއްޓީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށް ބުނި ކަމަށާއި، އެއަށް ރައްދެއްގެ ގޮތުން ފުލުސް އޮފިސަރުންގެ ބޮޑީ ކެމެރާ ބެލުމަށް އޭނާ އެދުނު ކަމަށް ވެސް ބުންޏެވެ.

"ޕޮލިހުން ގުޅާފައި ބުނީ ސީންއަށް ދިޔަ އޮފިސަރު ކައިރިން އަހާލުމުން، ތަކުރާރުކޮށް ބުނެގެންވެސް، ކާރު ނުނަގައި އަމުރަށް ނުކިޔަމަންތެރި ވުމުން ލައިސަންސް ހިފެހެއްޓީ ކަމުގައި. ކޮންފަދަ ބޮޑު ދޮގެއްތޯ އޭ ބުނިން. އަދި ތިބޭފުޅުން ބޮޑީ ކެމެރާ ބެލިޔަސް ކަންހިނގި ގޮތް ވަރަށް ރަނގަޅަށް އިނގޭނެ ކަމަށް ބުނިން،" އެ ޕޯސްޓުގައި ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިޑެންޓް އަހްމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓަކާއި ގުޅިގެން، އެފަރާތާ، ފުލުހުން ވާހަކަ ދައްކައި, ކަން ހިނގާދިޔަގޮތް އޮޅުން ފިލުވާފައިވާ ކަމަށެވެ.

އަދި އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ފުލުހުންގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

"މިފަދަ ކަންކަން ތަކުރާރު ނުވާނެހެން، ރައްޔިތުންނަށް ސީދާގޮތުންދެވޭ ހިދުމަތްތަކުގެ ފެންވަރު މުރާޖާކޮށް, ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާނެ ވާހަކަ ދަންނަވަން،" ޝިފާން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް