ޚަބަރު

ވޯކް ވިސާއަށް ފަހު ޕާސްޕޯޓް ނަގަން "އޭންޓް ކިއު" އެޕުން ނަންބަރު ދެން ނެގޭނެ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ޕާސްޕޯޓުގެ މަސައްކަތްތައް ކުރައްވަނީ

ވޯކް ވިސާ ޖެހުމަށް ފަހު ޕާސްޕޯޓު ނަގަން، "އޭންޓް ކިއު" އެޕްލިކޭޝަނުން އޮންލައިންކޮށް ނަންބަރު ނެގޭ ގޮތަށް ހަމަޖައްސައިފި އެވެ.

Ads by MWSC

މީގެ ކުރިން، ވޯކް ވިސާ ޖެހުމަށް ފަހު ޕާސްޕޯޓާ ހަވާލުވާން ނަންބަރު ދޫކުރަމުން ދިޔައީ އިމިގްރޭޝަނަށް ހާޒިރުވުމުންނެވެ.

"ދެން އޭންޓް ކިއޫ އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެ ވެސް އޮންލައިންކޮށް ނަންބަރު ނެގޭނެ، އަދި ކިއުގެ ޚިދުމަތް ދެމުންދާ ތަރުތީބު ބަލައިލެވޭނެ،" އިމިގްރޭޝަންގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައިވެ އެވެ.

ދައުލަތުގެ ގިނަ މުއައްސަސާތަކުންނާއި އިދާރާތަކުން ދެމުންދާ ހިދުމަތްތައް ހޯދަން އަންނަ ފަރާތްތަކުން ކިއޫ ނަންބަރު ނެގުމުން، އޮންލައިންކޮށް ކިއޫ ނަންބަރު ބެލޭނެ އިންތިޒާމެއް ހަމަޖައްސާފައި ބޭއްވުމަށް އެ އެޕްލިކޭޝަން ބޭނުން ކުރަމުން އެބަ ދެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!