Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އައްޑޫ އަދި ފުވައްމުލަކަށް ނެރުނު އޮރެންޖު އެލާޓްގެ ވަގުތު އިތުރުކޮށްފި

އައްޑޫ އަދި ފުވައްމުލަކަށް ނެރުނު އޮރެންޖު އެލާޓްގެ ވަގުތު އިތުރުކޮށްފި

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވުމާއި ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު އޮރެންޖް އެލާޓުގެ ވަގުތު އިތުރުކޮށްފިއެވެ.

މެޓް އޮފީހުން އޮރެންޖް އެލާޓް ނެރުނީ ފުވައްމުލަކުން ސިޓީން ފެށިގެން އައްޑޫ ސިޓީ އަށެވެ. މިރޭ 7 ޖެހުމާއި ހަމަޔަށް މެޓުން ނެރުނު އޮރެންޖު އެލާޓް މިރޭ 11 ޖެހުމާއި ހަމަޔަށް ވަނީ އިތުރު ކޮށްފައެވެ.

އެ ސަރަހައްދަށް ގަޑިއަކު 34 މޭލާ 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެ ކަނޑު ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

Advertisement
HDC — Sidebar (box)

މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރު ކުރުމުގައި ސަމާލުކަން ދޭން ކަމާއި ބެހޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ. އަދި މޫސުން ރަނގަޅު ވަންދެން ދަތުރުތައް މަޑުޖައްސާލަންވެސް އިލްތިމާސް ކޮށްފައިވެއެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް