ޚަބަރު އިޖުތިމާޢީ

ކަޔަކް ބޯޓުގައި ގެއްލުނު މީހާ ފެނިއްޖެ, ހާލު ރަނގަޅު

އައިކާ ޔުނާން ، ދެން އޮންލައިން

ގދ. އަތޮޅު ރަފެލްސް މޯލްޑިވްސް ރިސޯޓްގައި ކަޔަކް ބޯޓެއްގައި މޫދަށް ނިކުތް މީހާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ އެވެ.

Ads by Sosun Fihaara

ފުލުހުން މިއަދު ބުނީ, ގެއްލިގެން ހޯދަމުން ދިޔަ މީހާ ކަޔަކް ބޯޓުގައި މިއަދު ގއ. އަތޮޅުގެ ރިސޯޓަކަށް މިއަދު ގޮސްފައިވާ ކަމަށެވެ.

އަދި އޭނާ ފެނުނު އިރު އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

އެ ބިދޭސީ މީހާ މޫދަށް ފޭބީ އިއްޔެ ހެނދުނެވެ. ގެއްލުނު ކަމަށް ރިޕޯޓް ކުރީ އިއްޔެ ހަވީރު ތިނެއް ޖަހާކަށް ހާއިރެވެ. ގެއްލުނީ, ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީއެކެވެ.

އޭނާ ފެނިފައިވަނީ އޭނާ މޫދަށް ނިކުތްތާ 24 ގަޑިއިރު ފަހުންނެވެ.

މިއަދު މޫދަށް ފޭބި ބިދޭސީއަކު ގެއްލުނު އިރު ހުކުރު ދުވަހު ހަތަރު މީހަކާއެކު ދޯންޏެއް ގެއްލިފައިވެ އެވެ. ރާއްޖޭގެ ބޮޑު ބަޔަކަށް މޫސް ގޯސް މި ދުވަސްވަރު ކަނޑުދަތުރު ނުކުރުމަށް ވެސް ސަލާމަތީ ހިދުމަތްތަކުން އިލްތިމާސްކޮށްފައިވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!