މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ
މާލެއިން މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ ރަސްމީ އެކައުންޓުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ ގެއްލިގެން ހޯދަމުންދަނީ މއ. ބޯޅަކިންކިރީގެ، އަހުމަދު އައިމަން، 30 ކަމަށެވެ.
އައިމަން އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ 21:30 ހާއިރު އޭނާގެ ދިިރިއުޅޭ ގެއިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އައިމަންއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި ހިއްސާކުރަން އެދިފަ އެވެ.
Ads by STO