Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރާއްޖެ އިސްތިހާރު ކުރަން ޖަޕާނުގެ ނޫސްވެރިން ގެނެސްފި

ރާއްޖެ އިސްތިހާރު ކުރަން ޖަޕާނުގެ ނޫސްވެރިން ގެނެސްފި

ރާއްޖެ އިސްތިހާރު ކުރުމަށް ޖަޕާނުގެ ބޮޑެތި މީޑިއާތަކުގެ ނޫސްވެރިން ރާއްޖެެ އައިސްފިއެވެ.

އެގައުމުގެ ބައެއް ނޫސްވެރިން ރާއްޖެ އައިސްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކުރިއަށް ގެންދާ ފެމިލިއަރައިޒޭޝަން ދަތުރުތަކުގެ ތެރެއިން ދަތުރެއްގައެވެ.

އެމްއެމްޕީއާރްސީއިން ބުނީ ޖަޕާނުގެ ނޫސްވެރިން ރާއްޖެ ގެނައުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެފައިވާ މިންވަރު ޖަޕާނުގެ މާކެޓުގައި ދައްކުވައި ދިނުމުގެ އިތުރުން ރާއްޖެއަށް އެގައުމުގެ ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމަށް ކަމަށެވެ.

Advertisement
Allied Insurance — Square (box)

އެމްއެމްޕީއާރްސީ އިން ބުނީ، އެ ނޫސްވެރިންގެ ތެރޭގައި ވޯގް ޖަޕާން އޮންލައިން، ސީއާރްއީއޭ ވެބް، ނިއުމެރޯ ޓޯކްޔޯޖޭޕީ އަދި، މައިނާވީގެ ނޫސްވެރިން ހިމެނޭ ކަމަށެވެ. އަދި ނޫސްވެރިންގެ އެ ޓީމު މިމަހުގެ 24 ވަނަ ދުވަހާއި ހަމައަށް ރާއްޖޭގައި ތިބޭނެ ކަމަށްވެސް އެމްއެމްޕީއާރްސީން މައުލޫމާތުދެއެވެ.

ރާއްޖެ އިސްތިހާރު ކުރުމަށް ޖަޕާނުގެ ނޫސްވެރިން މި ކުރި ދަތުރުގައި ނޫސްވެރިން ތިބޭނީ ކުރަމަތި ހުވަފެންފުށި، މޫވެންފިކް ރިޒޯޓް ކުރެދިވަރުގެ އިތުރުން ލަކްސް ސައުތު އަރީގައެވެ. އަދި ދަތުރަށްފަހު ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ތަފާތު އެކި ފޮޓޯ، ވީޑިއޯ އަދި އާޓިކަލްތައް އެ ނޫސްވެރިން ޝާއިރުކުރާނެއެވެ.

އެގައުމުގެ ނޫސްވެރިން ގެނައުމުގައި އެމްއެމްޕީއާރްސީއިން ދައުވަތު ދީފައިވަނީ މަޝްހޫރު، ޒުވާން އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ކޮލިޓީ ދައްކުވައިދޭވޭނެ ފަދަ ނޫސްވެރިންނަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް