ޗައިނާއަން އިންޒާރުދިނުން ހުއްޓާލުމަށްޓައި ވާނުގެ އާ ރައީސް ގޮވާލައްވައިފި
ޓައިވާނުގެ ރައީސް ލައި ޗިންގް-ޓޭ ޗައިނާގެ އަސްކަރީ އަދި ސިޔާސީ ނުރައްކާތައް ހުއްޓާލުމަށް ހޯމަ ދުވަހު އެދިވަޑައިގެންފައިވާއިރު، ހުވާ ކުރެއްވުމުގެ ތަގުރީރުގައި ވިދާޅުވީ ސުލްހައަކީ ހަމައެކަނި ގޮތް ކަމަށާއި ޓައިވާނުގެ ރައްޔިތުންގެ އިޚްތިޔާރަށް ބެއިޖިންއިން އިހުތިރާމް ކުރަން ޖެހޭ ކަމަށެވެ.
އެކަމަށް ރައްދު ދެމުން ޗައިނާއިން ބުނީ ޓައިވާން ކަނޑުއޮޅިން ސުލްހަ މަސަލަސްކަން ނަގާލަން ލައި "ނުރައްކާތެރި ސިގްނަލްތަކެއް" ފޮނުވާފައިވާ ކަމަށެވެ.
ތައިޕޭގެ މެދުތެރޭގައި ހުންނަ ޖަޕާނު-ކޮލޯނިއަލް ޒަމާނުގެ ރިޔާސީ އޮފީހުގެ ބޭރުގައި އެއްވެ ތިބި މީހުންނާ މުހާތަބު ކުރައްވައި ލައި ވަނީ ފަޚުރުވެރިކަމާއެކު ޑިމޮކްރެޓިކް ޖަޒީރާއަކީ އަމިއްލަ ސަރަހައްދެއްގެ ގޮތުގައި ދެކޭ އަދި އެ ރަށް ބެއިޖިންގެ ބާރުގެ ދަށަށް ގެނައުމަށް ބާރުގެ ބޭނުން ކުރުން ދުވަހަކުވެސް ދޫކޮށްލާފައި ނުވާ ޗައިނާއާ އެކު މަޝްވަރާ ކުރުމަށް ތަކުރާރުކޮށް ގޮވާލައްވާފަ އެވެ.
އަދި ސިޔާސީ ގޮތުންނާއި އަސްކަރީ ގޮތުން ޓައިވާނަށް ބިރުދެއްކުން ހުއްޓާލުމަށާއި ޓައިވާން ކަނޑުއޮޅިއާއި ސަރަހައްދުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް ޓައިވާނާ އެކު ދުނިޔޭގެ މަސްއޫލިއްޔަތު އުފުލުމަށާއި، ހަނގުރާމަފެތުރޭނެ ކަމުގެ ބިރަކާ ނުލައި ދުނިޔެ އޮތްކަން ކަށަވަރު ކުރުމަށް ޓައިވާނާ އެކު ދުނިޔޭގެ މަސްއޫލިއްޔަތު އަދާކުރުމަށް ވެސް ޗައިނާއަށް އިލްތިމާސް ކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވެސް ދުނިޔެއަށް އެކަން އިއުލާނު ކުރަން ބޭނުންވޭ: ޑިމޮކްރަސީ އާއި މިނިވަންކަމަށް ޓައިވާނުން އެއްވެސް ލުޔެއް ނުދޭ. ސުލްހައަކީ ހަމައެކަނި އޮތް ގޮތް ކަމަށާއި ތަނަވަސްކަމަކީ ދުރު ރާސްތާގެ ސުލްހައާއި ހަމަޖެހުމަށް އަޅުގަނޑުމެންގެ އަމާޒެއް ކަމަށެވެ.
ޗައިނާގެ ޓައިވާން އެފެއާޒް އޮފީހުން ބުނީ ޓައިވާން ކަނޑުއޮޅިގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ.
އަދި ޓައިވާނުގެ މިނިވަންކަމަކީ ޓައިވާން ކަނޑުއޮޅިގެ ސުލްހައާ ނުގުޅޭ މިނިވަންކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ. ރަށުގެ ހާލަތު ކިތަންމެ ވަރަކަށް ބަދަލުވި ނަމަވެސް، ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުންނެވި ނަމަވެސް ދެ ފަރާތަކީ އެއް ޗައިނާއަކަށް ނިސްބަތްވާ ދެ ފަރާތް ކަން ބަދަލެއް ނުވާނެ އެވެ.
ޗައިނާއިން ތަކުރާރުކޮށް ލައި ސިފަކުރީ މިދިޔަ ޖެނުއަރީ މަހު ބޭއްވި އިންތިހާބާ ދިމާކޮށް ހަނގުރާމައިގެ ނުރައްކާ އޮތް "ވަކިވެގަތުމުގެ" ބޭފުޅެއްގެ ގޮތުގަ އެވެ.