ޚަބަރު ސަރުކާރު

ސްކޫލުތަކަށް ވެއްދުމަށާ ގްރޭޑު ބަދަލުކުރުމަށް އެދި 4410 ފޯމެއް ހުށަހަޅައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ތާޖުއްދީން ސްކޫލު

ދިރާސީ އާ އަހަރު ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު ސްކޫލުތަކަށް ވެއްދުމަށާއި ގްރޭޑު ބަދަލުކުރުމަށް އެދި އެޑިއުކޭޝަން މިނިސްޓްރީއަށް 4410 ފޯމެއް ހުށަހަޅާފައިވާކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

Ads by Hajj Corporation

އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ 5 ވަނަ ދުވަހުން 7 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވައިލި ފުރުސަތުގައި 4117 ފޯމެއް ލިބިފައިވެ އެވެ. އޭގެ ފަހުން މިމަހުގެ 15 ވަނަ ދުވަހާއި 16 ވަނަ ދުވަހު މާލޭގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް ފުރުސަތު ހުޅުވައިލުމުން އިތުރު ފޯމުތައް ހުށަހަޅައި މުޅި ޖުމްލަ 4410 ފޯމެއް ލިބިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މާލޭގެ ސްކޫލުތަކަށް ވެއްދުމަށް އަތޮޅުތަކުން 1126 ފޯމެއް ހުށަހަޅާފައި ވެއެވެ. އެއީ ފުރަތަމަ ފުރުސަތުގައި 967 ފޯމު އަދި ދެވަނަ ފުރުސަތުގައި 293 ފޯމެވެ.

ޕްރީ ސްކޫލު ނިންމައި ގްރޭޑު އެކަކަށް ވަނުމަށް އެދި 1990 ފޯމެއް ހުށަހަޅާފައިވާއިރު 1158 ފޯމު ހުށަހަޅާފައިވަނީ ގްރޭޑު ބަދަލުކުރުމަށް އެދި އެވެ.

ދިރާސީ އާ އަހަރު ފެށޭނީ މިހިނގާ މެއި މަހުގެ 26 ވާ އާދިއްތަ ދުވަހު އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!