ބ. އިން މ. އަށް އޮރެންޖް އެލާޓް ނެރެފި
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވުމާއި ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާއިން އޮރެންޖް އެލާޓެއް ނެރެފި އެވެ.
މެޓް އޮފީހުން އޮރެންޖް އެލާޓް ނެރުނީ ބ. އަތޮޅުން ފެށިގެން މ. އަތޮޅަށެވެ. އެސަރަހައްދަށް ގަޑިއަކު 36 މޭލާ 42 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވެ ކަނޑު ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
ބ. އަތޮޅުން ފެށިގެން މ. އަތޮޅަށް އޮރެންޖް އެލާޓް ނެރެފައި ވަނީ ހަވީރު 5:30 އިން މިރޭ 8:30 އަށެވެ.
އަދި ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވަނީ ޔެލޯ އެލާޓް ވަނީ ނެރެފައެވެ. މެޓުން ބުނީ، އެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ ހަވީރު 18:30 އާ ހަމަޔަށެވެ.
މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރު ކުރުމުގައި ސަމާލުކަން ދޭން ކަމާއި ބެހޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ. އަދި މޫސުން ރަނގަޅު ވަންދެން ދަތުރުތައް މަޑުޖައްސާލަންވެސް އިލްތިމާސްކޮށްފައިވެ އެވެ.