ޚަބަރު

ރާއްޖޭގައި ކައްކާ ލޮނު އުފައްދަން ދިރާސާއެއް ހަދަނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން

ކައްކާ ލޮނު ރާއްޖޭގައި އުފެއްދުމާއި ގުޅޭގޮތުން ހުރި ފުރުސަތުތައް ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ސައީދު އެހެން ވިދާޅުވީ، އެ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވުމަށް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ވަޒީރު ވިދާޅުވީ، ރާއްޖޭގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން ފުރިހަމަ މަންފާ ހޯދަން އިސްކަމެއްދީގެން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކައްކާ ލޮނު ރާއްޖޭގައި އެތެރެކުރުން ކަމަށެވެ. އެހެންކަމުން، ކައްކާ ލޮނު ރާއްޖޭގައި އުފެއްދުމަށް ހުރި ފުރުސަތުތައް ބަލަމުންދާ ކަމަށެވެ. އެ މަސައްކަތް ކުރަމުންދަނީ  ސަރުކާރުގެ ކުންފުންޏެއްކަމަށްވާ ބިޒްނަސް ސެންޓާ ކޯޕަރޭޝަން، ބީސީސީއާއި ހަވާލުކޮށްގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ޓޫރިޒަމް އިންޑަސްޓްރީއަށް އިމްޕޯޓުކުރޭ ވަރަށް ކޮލިޓީ ލޮނު، ރާއްޖޭގައި އާއްކޮށްވެސް މި ބޭނުންކުރާ ބާވަތްތަކުގެ ލޮނުވެސް މި ހުރިހާ އެއްޗެއްގެ ޕްރޮޑަކްޝަން ބޭނުންވޭ ރާއްޖޭގައި އުފައްދަން،" ވަޒީރު ސައީދު ވިދާޅުވިއެވެ.

އިތުރަށް ވަޒީރު ވިދާޅުވީ، މި މަސައްކަތް ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ޔޫއެންޑީޕީއާއިއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ސައީދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި 5 އަހަރުގެތެރޭގައި ރާއްޖޭގައި ކައްކާ ލޮނު އުފެއްދުމުގެ މަސައްކަތް ފެށިގެންދިއުން ކަމަށެވެ

Ads by HDC
  1. ތިމަންނަ

    ހީވާގޮތުން މިރާއްޖޭގައި ލޮނު ހަދަން ކުރަންޖެހޭ ޖުމްލަ ޚަރަދު ބޮޑުވާނެ ލޮނު ބޭރުން އިމްޕޯޓް ކުރުމަށްވުރެ

  2. ސޮލް

    މޫދަށާ ގޮނޑުދޮށަށް ކުނިއަޅާ ފާހަނާކުރާ ަޖިހާ ސާފުކުރަން ބޭނުްކރާ ކެމިކަލާ އަބަދު މޫދަށް ދާ ގޮތަށް އޮންނަ ގައުމެއްގަ ނަޖިހާ ކެމިކަލް ވިހަ އަދި މައިކްރޯ ޕްލާސްޓިކުން ތަޣައްޔަރު ލޮނެއް އުފައްދައިގެން ކަމުދާނެބާ؟