އުސްތާޒު ގުބާދުގެ ތައުރީފު އަބްދުއްރަހީމަށް: ތިޔައީ އިންގިލާބީ ވަގުތުގެ ބަތަލެއް
ވިހިވަނަ މަޖިލީހުގެ މެޖޯރިޓީ ޕާޓީ ޕީއެންސީން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގެނައުމަށް ނިންމާފައިވާ ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަށް އޭނާގެ އުސްތާޒު އަދި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ގުބާދު އަބޫ ބަކުރު ތައުރީފު ކުރައްވައިފި އެވެ.
އަބްދުއްރަހީމަށް އަރަބި ބަހާއި އުރުދޫ ބަސް ކިޔަވައިދެއްވި އުސްތާޒު ގުބާދު އޭނާ ފޭސްބުކުގައި ލިޔުއްވި ޕޯސްޓަކު އަބްދުއްރަހީމަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވި އެވެ.
ދުނިޔެ މަތީގައި ފެންނަ ދެ ބާވަތެއްގެ މީހުން ތިބޭ ކަން ގުބާދުގެ ޕޯސްޓު ފައްޓަވަމުން ފާހަގަ ކުރެއްވި އެވެ. އެއީ މަތިވެރި އާއިލާއެއްގެ ފުށުން ކުރިއެރުން ހޯދާ މީހުނާއި އަމިއްލަ މަސައްކަތުން ނަފުސު ބިނާ ކުރާ މީހުނެވެ. އޭނވިދާޅުވަނީ އަބްދުއްރަހީމަކީ އަމިއްލަ މަސައްކަތުން ނަފުސު ބިނާ ކުރެއްވި ލީޑަރެއް ކަމަށެވެ.
"އެ ފަދަ ޝަޚުޞިއްޔަތުންނަކީ، ގުދުރަތުން ވަކި ކަހަލަ ސިފަތަކެއް ދެއްވާފައިވާ ޝަޚުޞިއްޔަތުތަކެކެވެ. ހިތްވަރުގަދަކަމެވެ. އިސްނެގުމެވެ. ބަސްމޮށުންތެރިކަމެވެ. ޙިކުމަތްތެރިކަމާއި ރޭވުންތެރިކަމެވެ. ތޫނުފިލިކަމެވެ. މި ފަދަ އެތައް ސިފަތަކެކެވެ." ގުބާދު ލިޔުއްވާފައިވެ އެވެ.
އަބްދުލްރަހީމް އޭނާ ސިފަކުރެއްވީ ކުޅަދާނަ ސިޔާސީ މުދައްބިރެއް ގޮތަށެވެ. އަބްދުއްރަހީމްގެ ޅެންވެރިކަމާއި ވާހަކަ ދެއްކުންތެރިކަމުގެ ހުނަރަށް ތައުރީފު ކުރައްވައި އުސްތާޒު ވިދާޅުވީ އޭނާއަކީ ފަސޭހައިން އަބަދުވެސް ދަސްކުރައްވައި ތޫނުފިލި ބޭފުޅެއް ކަމަށެވެ.
"އިންގިލާބީ ހެޔޮ ބަދަލުތަކަކަށް ތައްޔާރުވެފައިވާ މި ދިވެހިރާއްޖެއަށް ބޭނުންތެރި ވަގުތުގެ ހީރޯ އެއްކަން ޔަޤީނެވެ." އޭނާ ލިޔުއްވާފައިވެ އެވެ.
އޭނާގެ ޕޯސްޓް ނިންމާލައްވަމުން ވިދާޅުވީ އަބްދުއްރަހީމްގެ ރިޔާސަތުގެ ދަށުން ކުރިއަށްދާނެ ވިހިވަނަ މަޖިލީހަކީ ކާމިޔާބު މަޖިލީހަކަށް ވާނެ ކަމެވެ.
ލަހެއްނުވެ ޑެޕިއުޓީ މިނިސްޓަރުކަން ލިބޭނެ
ޤުބާދު ތައުރީފު ނުކުރާވެރިޔެއް. ޚުޝާމަދު ނުކުރާ ވެރިކަމެއް މަ ނުދެކެން.
ވަޒީފާއަށްޓަކާ ކޮންމެ ކަމެއް ކުރަންކެރޭނީ މަދު މީހަކަށް.