ޚަބަރު

މާލޭ މިސްކިތްތައް މިއަދުން ފެށިގެން ސާފުކުރާނީ ދިވެހިން

އައިކާ ޔުނާން ، ދެން އޮންލައިން

މާލޭ ސަރަހައްދުގައި ހުރި މިސްކިތްތައް މިއަދުން ފެށިގެން ސާފުކުރާނީ ދިވެހިން ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

Ads by Hajj Corporation

ސިޓީ ކައުންސިލުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ސިޓީ ކައުންސިލުން ބަލަހައްޓަމުންގެންދާ 34 މިސްކިތުގައި ފޮޅާ ސާފުކުރުމުގެ މަސައްކަތުގައި ބިދޭސީންގެ ބަދަލުގައި މިއަދުން ފެށިގެން މަސައްކަތް ކުރާނީ ދިވެހިން ކަމަށެވެ.

އެއީ ސިޓީގައި ކައުންސިލުން ބަލަހައްޓަމުން ގެންދާ ހުޅުމާލޭގެ 10 މިސްކިތް، މާލޭގެ 22 މިސްކިތް އަދި ވިލިމާލޭގެ 2 މިސްކިތެވެ.

މިސްކިތްތައް ސާފުކުރުމުގެ މަސައްކަތުގައި މީގެ ކުރިން މުޅިންހެން ހަރަކާތްތެރިވަމުން އައީ ބިދޭސީންނެވެ.

މިސްކިތްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުމުގައި ދިވެހިން ހަރަކާތްތެރިވުމަކީ މިހާރުގެ މޭޔަރު. އާދަމް އާޒިމް ވަރަށް އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ. މިސްކިތްތައް ދިވެހިންގެ އަތުން ސާފުކޮށް ބެލެހެއްޓުމަކީ ލިބޭ ފަހުރެއް އަދި އުފަލެއް ކަމުގައި ހެދުމަށް އާޒިމް ވަނީ މީގެ ކުރިން އެދިވަޑައިގެންފައެވެ.

 

Ads by Ooredoo
  1. ހުންނާނެ

    ވ. ބަރާބަރު ނިންމުމެއް. މިހާރު ސާފު ކުރަނީ ނަމަކަށް. ފަންކާ ތަކާ ބޮކި ތައްވެސް ހިރަފުހުން ތަތްތެޅިފައި. އިބްރާހީމީ މިސްކިތުގެ ކުޑަދޮރުތައް ވެއްޓިފައި. ސީލިންގެ ބައިބަޔަށް ނެއްޓިފައި. ޚަތިމަ ފޮތް ބަހައްޓާ ހަރުތައް ބާވެ ހަލާކުވެ ވެއްޓެން ކައިރިވެފައި.
    އަދި އެއްވާހަކަ. މިސްކިތްތަކުގައި ވ. ބޮޑަށް ބާވެފައިވާ ޚަތިމް ތަކާ އަދި ފޮތްތައް އެބަހުރޭ. ވީމާ މި ތަކެތި ބަލަހައްޓާނެ ނިޒާމެއް ބޭނުންވޭ.