ޚަބަރު

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ޝީޝާ ބުއިން މަނާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ޝީޝާ ބުއިން މަނާ ކޮށްފިއެވެ.

Ads by STELCO

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރެއްވާފައިވާ އެންގުމުގައި އެޗްޕީއޭ އިން ބުނީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ 12:00 އިން ފެށިގެން ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާގެ ހިދުމަތް ދިނުން މަނާވާނެ ކަމަށެވެ.

އަދި ޝީޝާގެ ހިދުމަތް ދެވެން ފެށޭނެ ތާރީހެއް އެ އެންގުމުގައި ބަޔާންކޮށްފައި ނުވާ އިރު، އެޗްޕީއޭ އިން ބުނީ ވަކި ގޮތެއް އަންގަންދެން އެ ނިންމުން ދަމަހައްޓާނެ ކަމަށެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކަށް ބޯނުލަބައިފި ނަމަ، އެ މީހުންގެ ނަން ހާމަކޮށް، 5،000 ރުފިޔާއަށްވުރެ، ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!