ދުނިޔެ

ސޯލާ ހަކަތައިގައި އިންޑިއާ ކުރީގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާއިން ވަނީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 10 ގިގަވޮޓަށް ވުރެ ގިނަ ސޯލާ ކެޕޭސިޓީ އިތުރުކޮށް، މިހާތަނަށް އެންމެ ގިނަ ކުއާޓާލީ އިންސްޓޯލްމެންޓް ކޮށްފަ އެވެ.

Ads by Sosun Fihaara

މިއީ 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންސްޓޯލްކުރި 2 ގިގަވޮޓަށްވުރެ ގާތްގަނޑަކަށް 400 އިންސައްތަ އިގެ ކުރިއެރުމެކެވެ.

2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި އިންޑިޔާ ސޯލާ މާކެޓް އަޕްޑޭޓް، މާރކޮމް އިންޑިޔާ ރިސާޗްއިން ނެރުނު އިންޑިޔާ ސޯލާ މާކެޓް އަޕްޑޭޓްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންޑިއާއިން ވަނީ 9.7 ގިގަވޮޓްގެ ބޮޑު ސޯލާ ކެޕޭސިޓީ އިންސްޓޯލްކޮށްފައި ކަމަށާއި އޭގެ ތެރޭގައި އޯޕަން އެކްސެސް ސޯލާ ޕްރޮޖެކްޓްތަކުގެ 1.8 ގިގަވޮޓް ހިމެނޭ ކަމަށެވެ. މިއީ 524 އިންސައްތަ ކިއުކިއު އިތުރުވުމާއި، 534 އިންސައްތައިގެ ކުރިއެރުމެކެވެ.

"2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންސްޓޯލްމަންޓްތައް އިތުރުވި ސަބަބަކީ މޮޑިއުލްގެ އަގުތައް ބޮޑުވުމުގެ ސަބަބުން ކުރީ ކުއާޓަރުތަކުގައި އެކްސްޓެންޝަން ލިބުނު ލަސްވެފައިވާ ގިނަ ޕްރޮޖެކްޓްތަކެއް ހިންގަން ފެށުމުން،" މާކޮމް އިންޑިއާގެ މެނޭޖިން ޑިރެކްޓަރު ޕްރިޔާ ސަންޖޭ ވިދާޅުވި އެވެ. މޮޑިއުލްގެ އަގުތައް ދަށަށް ދިއުމާއި އެޕްރޫވްޑް ލިސްޓް އޮފް މޮޑެލްސް އެންޑް މެނުފެކްޗާސް (އޭއެލްއެމްއެމް) އޯޑަރު ސަސްޕެންޑް ކުރުމުން ޑިވެލޮޕަރުންނަށް ކުޑަ އަގެއްގައި މޮޑިއުލްތައް އެތެރެކުރުމުގެ ފުރުސަތު ފަހިވެ، ޕްރޮޖެކްޓް ނިންމުމަށް މަގުފަހިވެގެން ދިޔަ."

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!