ދުނިޔެ

ކޮވިޑް19: ވައިރަސް ކޮންޓްރޯލް ކުރުމަށް އެއް އަހަރުވެސް ސޯޝަލް ޑިސްޓޭންސިން ބަހައްޓަން ޖެހިދާނެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އިން މުޅިން ރައްކާތެރިވުމަށް ޓަކައި ސޯޝަލް ޑިސްޓޭންސިން ނުވަތަ އެކަކު އަނެކަކާއި ބަހައްޓަން ޖެހޭ ދުރުމިން އެއް އަހަރު ދުވަހުގެ މއްދަތަކަށް ބަހައްޓަން ޖެހިދާނެކަމުގައި ކަމާއިބެހޭ ފަރާތްތަކުން ބުނެފިއެވެ.

Ads by WAMCO

އެމެރިކާގެ ސަައިނޓިފިކް އެޑްވައިސަރީ ގްރުޕް އޮފް އިމަންޖެންސިއިން ބުނާ ގޮތުގައި ވައިރަސް ކޮންޓްރޮލް ކުރުމަށް މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް މަދުވެގެން ހަމަސް ދުވަސް ތަންފީޒުކުރަން ޖެހޭނެއެވެ. އެގޮތުން ސްކޫލްތައް ބަންދުކުރުމާއި ސޯޝަލް ޑިސްޓެންސް ގާއިމުކުރުމުގެ ގޮތުން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން ފަދަ ކަންކަން ހިމެނެއެވެ. އެހެންނޫނަނަމަ ވައިރަސް ކޮންޓްރޯލް ނުވުމުގެ ބިރު ވެސް އެ ގުރޫޕުން ދީފައިވެއެވެ.

ކޮރޯނާ ވައިރަސް ފެތުރެނީ ބަލި ޖެހިފައި ހުންނަ މީހަކާއި ކޮންޓެކްޓު ވެ ވައިރަސް އެކަކު ގައިން އަނެކަކު ގަޔަށް އަރައިގެން ކަމަށް ވެފައި ސޯޝަލް ޑިސްޓެންސިން އަކީ ބަލި ކޮންޓްރޯލް ކުރުމަށް އެޅެ އެންމެ މުހިންމު އެއް ފިޔަވަޅެވެ.

ސޯޝަލް ޑިސްޓެންސިން އަކީ ބަލިތައް ފެތުރުން ކޮންޓްރޯލް ކުރުމަށްތަކައި އެކަކު އަނެކަކައި އެކަށީގެންވާ ދުރުމިނެއްގައި އުޅުމެވެ. މި ގޮތުން އެކަކު އަނެކަކާއި ދޭތެރޭ ހަ 6 ފޫޓު ނުވަތަ މަދުވެގެން 3 ފޫޓުގެ ދުރުމިނެއް ބެހެއްޓުމަށް ޑޮކްޓަރުން އިރުޝާދުދެއްވައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!