ދުނިޔެ

ކޮވިޑް19: ވައިރަހާއި މެދު ކަންބޮޑުވާނަމަ ގޭގައި މަޑުކުރުމަށް ޓެސްލާގެ މުވައްޒަފުންނަށް އަންގައިިފި

ދެން އެމްވީ ، ދެން އޮންލައިން

ޓެސްލާގެ މުވައްޒަފުން ހުން އައިސް ބަލިވެ އުޅޭނަމަ ނުވަތަ ވައިރަސް ޖެހިދާނެކަމާމެދު ބިރުގަނެ ކަންބޮޑުވާނަމަ ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރުމަށް ޓެސްލާގެ ސީއީއޯ އެލަން މަސްކް ޓެސްލާގެ މުވައްޒަފުންނަށް އަންގައިފިއެވެ. އެލަން މިކަން އަންގާފައިވަނީ ކުރި މުވައްޒަފުންނަށް ކުރި އަދި މިހާރު އާންމު ވެފައިވާ މެއިލްއެއްގައެވެ.

Ads by WAMCO

މެއިލްގައި އެލަން ބުނެފައިވަނީ ބަލިވެ ނުވަތަ ބައްޔާއިމެދު ކަންބޮޑުވާނަމަ ގޭގައި މަޑުކޮށްލިޔަސް އެންމެ ރަނގަޅު ކަމަށާއި ނަމަވެސް އޭނާ އުޅޭނީ ވަޒީފާގައި ކަމަށެވެ. އަދި އެއީ އޭނާގެ މިޒާޖުކަމުގައި ވެސް އެލަން ފާހަގަކޮށްފައިވެއެވެ. އެލަން އިތުރަށް ބުނެފައިވާ ގޮތުގައި ޓެސްލާގެ އެއްވެސް މުވައްޒަފަކަށް ވައިރަސް ޖެހިފައިވާކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށާއި ނަމަވެސް އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ކުންފުނި އެލާޓަށް ގެންނާނެ ކަމަށެވެ.

އެމެރިކާގައި ވެހިކަލް އުފައްދާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ، ޓެސްލާއިން މީގެ ކުރިން ވެސް ވަނީ މުވައްޒަފަކަށް ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ގޭގައި މަޑުކުރުމަށް އަންގާފައެވެ. ނަމަވެސް މިއީ ބަލި ޖެހިދާނެކަމުގެ ބިރު ހީވެ ކަންބޮޑުވާނަމަ ވަޒީފާއަށް ނުނިކުތުމަށް އެކުންފުނިން އެންގި ފުރަތަމަ ފަހަރެެވެ.

މިހާތަނަށް ދުނިޔެއިން 145 ގައުމަކުން ކޮރޯނާ ވައިރަސް ފެނިފައިވާއިރު ބަލި ޖެހުނު މީހުންގެ އަދަދުވަނީ ދެލައްކަ ފަންސާސް ހާހަށް ވުރެ މަތިވެފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 11،000 އަރާފައެެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!