ޚަބަރު

ސިމްބޮލިކް ރެކޯޑްސް އިން މިނިސްޓަރ މަހުލޫފާއި ބައްދަލުކޮށްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީ ކުރިއެރުވުމުގެ މަޝްވަރާ ކުރުމަށްޓަކައި ސިމްބޮލިކުން މިނިސްޓަރު މަހުލޫފާއި ބައްދަލު ކުރައްވާފިއެވެ.

Ads by Hajj Corporation

ދެންއާއި ވާހަކަ ދައްކަމުން ސިމްބޮލިކުން ބުނެފައިވަނީ އެގުރޫޕުން މިނިސްޓަރާ ބައްދަލު ކުރީ ސިމްބޮލިކުން ކުރިއަށް އޮތްތާނގައި ރާވާފައިވާ އެކި ކަހަލަ ޕްލޭން ތަކަަށް މިނިސްޓަރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ލިބޭތޯ ވާހަކަ ދައްކާލުމަށް ކަމަށެވެ.

އަދި މިބައްދަލު ވުމަކީ މާގިނަ ކަންކަން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެއް ނޫން ކަމަށާއި ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ހުރި ބައެއް ގޮންޖެހުންތަކާއި މެދު މަޝްވަރާކުރުމުގެ ގޮތުން ބޭއްވި ބައްދަލު ވުމެއް ކަމަށް ވެސް ސިމްބޮލިކުން ވަނީ ބުނެފައެވެ.

މިބައްދަލު ވުމަކީ އެއްވެސް ވަރަކަށް ރެޕް އިންޑަސްޓްރީ ކުރިއެރުވުމަށް ޓަކައި ބޭއްވުނު ބައްދަލު ވުމެއްނޫން ކަމަށާއި، ރާއްޖޭގެ މުޅި މިއުޒިކް އިންޑަސްޓްރީއާއި، މިނިސްޓަރު މަހްލޫފަކީ ޔޫތު މިނިސްޓަރު ކަމަށް ވެފައި، ބޮޑަށް ޒުވާނުންނާއި ގުޅުން ހުރި ވާހަކަ ދައްކަން ބޭއްވުނު ބައްދަލު ވުމެއްކަމަށް ވެސް ސިމބޮލިކުން ވަނީ މައުލޫމާތު ދީފައެވެ.

ރާއްޖޭގައި މިއުޒިކު ވެނިއު އެއް ތައްޔާރު ކުރުމަށް ޚިޔާލު ހުށައެޅި ކަމަށާއި، އެގޮތަށް މިއުޒިކް ވެނިއު އެއް ރާއްޖޭގައި ތައްޔާރު ކުރާކަމުގައި ވަނީނަމަ ބޭނުންވާ ސާމާނުތައް ހޯދުމަށް ޓަކައި ކުރެވުނު މަޝްވަރާ އެއް ކަމަށް ވެސް ސިމްބޮލިކުން ވަނީ ބުނެފައެވެ.

މިނިސްޓަރާއެކު ބޭއްވުނު މި ބައްދަލުވުމުން އެމަނިކުފާނުގެ ފަރާތްޕުޅުން ވަރަށް އެއްބާރުލުން ލިބުނު ކަމަށާއި، މިނިސްޓަރު މަހުލޫފު ވަރަށް ގާތް ގުޅުމެއް ބޭއްވި ކަމަށް ވެސް ސިމްބޮލިކުން ވަނީ ބުނެފައެވެ.

  1. އަހުމަދު

    މަހޭމެން އުޅޭހެން ދެންތިބި ވަޒީރުން އުޅެބަލަ .ހިންގުންތެރި ވަޒީރެއް މީސާބަސް. ޓްރާންސްޕޯޓު ވަޒީރު އުޅެނީ ވާޗުއަލްކޮއްވެސް ބަޔަކާ ބައްދަލު ކޮއްލާވަރުވެސްނުވެގެން ހަމަބޮލެއް :